ގޮވިޑާއި ގުޅުވައިގެން މިސްކިތުގެ ޖަމާޢަތުގައި ކުރާ ނަމާދުތައް ކުރުކުރަން އިސްލާމިކް މިނިސްޓްރީން އަންގާފައި އޮތުމުން ބައެއް އިމާމުން، މައުމޫންނަށް އަލްޙަމްދު ނުކިޔެނީސް އެބަ ރުކޫޢަށްދެއެވެ. މިޙާލަތުގައި ޢަމަލުކުރާނެ ގޮތަކާއިމެދު ގިނަބައަކު ސުވާލުކުރެއެވެ.
މިކަމުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކީ ފަހުން އިޤތިދާވެވުމުގެ ސަބަބުން ނަމަވެސް އަދި އިމާމް މީހާ ކިޔެވުން އަވަސްވެގެން ނަމަވެސް މައުމޫމަކަށް އަލްޙަމްދު ނުކިޔެވެނީސް އިމާމް ރުކޫޢަށް ހިނގައްޖެ ނަމަ އިމާމާއެކު ރުކޫޢޫކުރާނީއެވެ. ރަކްޢަތް ލިބޭނެއެވެ.
މީގެ އިތުރުން އިމާމް މީހާ ރުޚޫޢުން ތެދުވަން ތަކްބީރުކިޔަނިކޮށް އިޢްތިދާ ވެވިއްޖެ ނަމަ ރަކްޢަތް ލިބޭނެތޯވެސް ބައެއް މީހުން ސުވާލުކުރެއެވެ. މިކަމުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކީ ނަމާދުގައި ރަކްޢަތް ލިބޭނީ އިމާމް މީހާ ރުކޫޢުން ތެދުވުމުގެކުރިން ރުކޫޢަށް ދެވިއްޖެނަމަ ކަމަށެވެ. ރުކޫޢުް ތެދުވާފަހުން އިޢްތިދާ ވެވިއްޖެނަމަ ރަކްޢަތް ނުލިބޭނެ ކަމަށެވެ.