6 މީހުންނަށްވުރެ ގިނަމީހުން ބައްދަލުވާ ބައްދަލުވުންތައް އިނގިރޭސިވިލާތުގައ މިއަދުން ފެށިގެން މަނާކޮށްފިއެވެ. އެއިގެ ތެރޭގައި ބޭރާއި އެތެރޭގައި ބާއްވާ ހުރިހާ ބައްދަލުވުންތަކެއް ހިމެނޭތީ ގިނަ ބައަކު އިއްޔެ ވަނީ ޕާކްތަކާއި ބީޗްތަކަށްވެސް ބައްދަލުކޮށްފައެވެ.
އެހެންކަމުން ކޮރޯނާ ވައިރަސް ފެތުރެނީ ގިނަ މީހުން ބައްދަލުވެގެން ކަމަށްވާނަމަ މިހަފްތާވެގެންދާނީ އިނގިރޭސިވިލާތުގެ ހޮސްޕިޓަލްތައް ފުރިގެންދާނެ ހަފްތާއަކަށް ކަމަށް ބެލެވެއެވެ.
އިނގިރޭސިވިލާތުން އެޅި މިފިޔަވަޅަކީ އެ ޤައުމުގައި ކޮރޯނާގެ ޙާލަތު ރަނގަޅުކުރަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އެޅި އަޅާފައިވާ ފިޔަވަޅެކެވެ. ރާއްޖޭގައި ކޮރޯނާގެ ޙާލަތު އަދިވެސް މިހައި ގޯސްއިރު "ބައްދަލުވުން" ނުކިޔައި މަގުތަކުގައާއި ރެސްޓޯރަންޓްތަކާއި އެނޫންވެސް ތަންތަނުގައި ކިތަންމެ ގިނަ ބައަކު ބައްދަލުވެ އުޅުމަކީވެސް މައްސަލައަކަށް ނުވާކަން ފާހަގަކުރިއެވެ.