ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލާއި މޭޖާ އިބްރާހިމް އާޒިމް ގެ ބައްޕާފުޅު ކޮވިޑްގައި އަވަހާރަވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލާއި މޭޖާ އިބްރާހިމް އާޒިމް ގެ ބައްޕާފުޅު ކޮވިޑްގައި އަވަހާރަވެއްޖެ!

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއީލާއި އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ގެ ބައްޕާފުޅު އިސްމާއިލް ޒަކަރިއްޔާ މިއަދު ކޮވިޑްގައި އަވަހާރަވެއްޖެއެވެ.

ރ. އަތޮޅުގެ ކުރީގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާފައިވާ އުމުރުން 79 އަހަރުގެ އިސްމާއިލް ޒަކަރިއްޔާ ނިޔާވީ ދަރުމަވަމަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އިސްމާއިލް ޒަކަރިއްޔާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 13  ވަނަ ދުވަހުއެވެ. އަދި އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ.

އިސްމާއިލް ޒަކަރިއްޔާ ވަނީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ. އިސްމާއިލް ޒަކަރިއްޔާ އެންމެ ފަހުން މަސައްކަތްކުރެއްވީ ކުޅިވަރާ ބެހޭ މިނިސްޓްރީގައެވެ.

މިއަދު އޮންލައިން