އިސްމާޢީލް ޒަކަރިއްޔާ! ގިނަ ބައަކަށް ގެއްލިގެންދިއަ މިސްކިތު މިތުރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އިސްމާޢީލް ޒަކަރިއްޔާ! ގިނަ ބައަކަށް ގެއްލިގެންދިއަ މިސްކިތު މިތުރެއް!

އިސްމާޢީލް ޒަކަރިއްޔާ އަވަހާރަވިކަމުގެ ޚަބަރު މާފާންނު ބޮޑުގޭ ވަގުތީ މިސްކިތުގެ އަހުލުވެރިން އަޑުއެހީ ވަރަށް ހިތާމައާއިއެކުގައެވެ. އިސްމާޢީލް ޒަކަރިއްޔާ އަކީ މިސްކިތުގެ އެންމެއިސް އަހުލުވެރިނެގެތރެއިން ބޭކަލަކަށްވާތީއެވެ. 

އިސްމާޢީލް ޒަކަރިއްޔާ ޢާންމުކޮށް އިންނަވާނީ މިސްކިތަށް ފަހުން އިތުރުކުރި ބައިގެ ކުރީ ސަފުގެ މެދުގައެވެ. އެތަނުން ޖާގަލިބިވަދައިނުގެން ދުރުގައި އިންނަވަން ޖެހިވަޑައިގެންފިނަމަ ކިޔަވައިވިދާޅުވާނެ ފޮތާއި ބޭނުންކުރައްވާނެ ތަސްބީޙް އެހެން މީހުން ގެންގޮސްދޭނެއެވެ. އަހައި އޮޅުންފިލުވާކަށް ނުޖެހޭނެއެވެ. އަބަދުކުރައްވާ ކަމަކަށްވާތީ ބޭނުންފުޅުވާނެ ތަކެތި އެނގޭތީއެވެ. 

އިސްމާޢީލް ޒަކަރިއްޔާއަކީ އެހައި ބޮޑަށް، މިސްކިތާއި މިސްކިތުގެ އަހުލުވެރިންނާއި ގުޅިވަޑައިގެން ހުންނެވި މިސްކިތު މިތުރެކެވެ. 

މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރިނިޢްމަތް މިންވަރުކުރެއްވެވުން އެދި ދުޢާކުރަމުއެވެ. ޢާއިލާއަށް ކްތެތެރިކަން ދެއްވެވުން އެދިވެސް ދުޢާކުރަމުއެވެ.

މިއަދު އޮންލައިން