ތިބާގެ ފޯނަށް މިރޭ ދަންވަރު އަންނަ ކޯލު ނަގާނީ ތިބާ އެންމެ ބޮޑަށް ފޯނު ސިއްރުކުރާ މީހާ ކަމަށް ވެދާނެކަމަށް ބިރުނުގަންނަނީ ކީއްވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ތިބާގެ ފޯނަށް މިރޭ ދަންވަރު އަންނަ ކޯލު ނަގާނީ ތިބާ އެންމެ ބޮޑަށް ފޯނު ސިއްރުކުރާ މީހާ ކަމަށް ވެދާނެކަމަށް ބިރުނުގަންނަނީ ކީއްވެ؟: މުފްތީ މެންކް

ދަންވަރު 3 ޖަހާއިރު ފޯނު ވެއްޖެ ނަމަ ކޮންމެ މީހަކުވެސް ފޯނު ނަގާނީ ބިރުން ހުރެއެވެ. އެވަގުތު ޢާންމު ގޮތެއްގައި ލިބޭނީ އުފާވެރި ޚަބަރެއް ނޫންކަމަށް ޤަބޫލުކުރެވޭތީއެވެ. ގިނައިން ލިބޭނީ ކޮންމެވެސް މުޞީބާތެއްގެ ޚަބަރެވެ. ވަރަށް ގާތް ކޮންމެވެސް މީހަކު މަރުވުން ފަދަ ޚަބަރެކެވެ. 

މިރޭ އެގަޑީގައި މީސްތަކުންނަށް ގުޅަން ޖެހޭނީ އަހަރެން ނުވަތަ ތިބާ މަރުވެގެން ނޫންކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ މިބުނީ ހަމަ މިސާލެކެވެ. މިރޭގެ އެވަގުތު މަރުވެއްޖެ ނަމަ އެއިގެ ފަހުން ފޯނަށް އަންނަ އެއްވެސް ކޯލަކަށް ޖަވާބުދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޖަވާބުދޭނީ ކޮންމެވެސް އެހެން މީހެކެވެ. 

ވީމާ ކޮންމެ މީހަކުވެސް ބަލަންވީ ވީހައި ގިނަ ހެޔޮ އަމަލުކުރުމަށެވެ. ހެޔޮ ޢަމަލުތައް ކުރުމަކީ ހަމައެކަނި ވާހަކަ ދެއްކުން ކަމުގައި ހަދައިގެނެއް ނުފުދޭނެއެވެ. ހެޔޮ ޢަމަލު ކުރިކަމަށްވާނީ އަމަލުން އެކަން ކުރުމުންނެވެ. ހަމައެކަނި ބުނާ ބަހަކުން ނުފުދޭނެއެވެ.  

ޔަޤީންކުރަންވީ ހެޔޮ ބަސް ބުނެ ހެޔޮ ޢަމަލުކުރަމުން އެހެން މީޙުން ލައްވައި ހެޔޮ ޢަމަލުތައް ކުރުވަން މަސައްކަތްކުރެވޭނަމަ ހަމަކަށަވަރުން އެކަމުގެ ފައިދާ ވަރަށް ބޮޑަށް އެމީހަކަށް ލިބިގެންދާނެކަމެވެ.  

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ތިބާ ނިޔާވީއެވެ. ގިނަފަހަރަށް ތިބާ ތިހައި ސިއްރުން ލޮކްކޮށްގެން ތިގެންފުޅޭ ފޯނު އަރާނީ ތިބާ މިއަދު ހުރިހާ ކަންކަން އެންމެ ބޮޑަށް ސިއްރުކޮށްގެން ގެންގުޅޭ މީހާގެ އަތަށެވެ. ކިތަންމެވަރަކަށް ލޮކްކުރި ނަމަވެސް ލޮކްފިލުވުމަކީ މިއަދުގެ ކުޑަކުދިންވެސް ކުރަން ދަންނަ ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން