ކީރިތި ޤްރްއާނުގެ "މަންމަ"، އުއްމުލްޤްރްއާން އަށް ދޭންޖެހޭ ސަމާލުކަން ނުދީ ނަމާދު ފުރިހަމައަށް ނުކުރެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ކީރިތި ޤްރްއާނުގެ "މަންމަ"، އުއްމުލްޤްރްއާން އަށް ދޭންޖެހޭ ސަމާލުކަން ނުދީ ނަމާދު ފުރިހަމައަށް ނުކުރެވޭނެ!: މުފްތީ މެންކް

 ދުނިޔަވީ ޙަޔާތަށް ބެލި ނަމަވެސް މަންމަ އަކީ އެމީހަކު އެންމެ އިހްތިރާމް ކުރަން ޖެހޭ މީހާއެވެ. އެންމެ ބޮޑަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭ މީހާއެވެ. ނަމަވެސް އެމީހާގެ ފަރުވާ ކުޑަކަމުން އެމީހަކަށް އެމީހެއްގެ މަންމަ އަކީ ކާކުކަން ނުއެނގޭނަމަ އެއީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟ 

"އުއްމުލްޤްރްއާން" މިއީ ހުރިހާ މުސްލިމުންވެސް ވަރަށް ގިނައިން އަޑުއަހާ ނަމަކެވެ. ނަމަވެސް އެ ބުނަނީ ކީކޭކަން ނުއެނގޭ އެތައް މިލިއަން މުސްލިމުން ތިބިކަން އެއީ ހިތާމަހުރި ކަމެކެވެ. ވީމާ ނުއެނގޭ މީހުން ދަސްކުރާށެވެ!  

"އުއްމުލްޤްރްއާން" އެވެ ބުނެވޭ ބަހުގެ މާނައަކީ ކީރިތި ޤްރްއާނުގެ މަންމައެވެ. މިނަން ދެވިފައިވަނީ ކީރިތި ޤްރްއާނުގެ ފުރަތަމަ ސޫރަތަށެވެ. ސޫރަތުލްފާތިހާ (އަލްހަމްދު) އަށެވެ. އެސޫރަތަށް ކީރިތި ޤްރްއާނުގެ ހުރިހާ ސޫރަތްތަކުގެ މަންމަކަމުގައި ވެސް ބުނެވެއެވެ. 

ކޮންމެ ނަމާދެއްގެ ކޮންމެ ރަކްޢަތެއްގައި އަހަރެމެން އެ ސޫރަތް އެބަކިޔަވަމުއެވެ. ފަރުޟު ނަމާދެއް ނަމަވެސް އަދި ސުންނަތް ނަމާދެއް ނަމަވެސް މެއެވެ. އެ ސޫރަތާއި ނުލައި ނަމާދު ފުރިހަމައެއް ނުވާނެއެވެ. 

މިދަރުސް އަޑުއަހަން އެއްވެ މިތިބަ މީހުންގެ ތެރެއިން ތަޖުވީދުމަގުން އަލްހަމްދު ކިޔަވަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެ ސޫރަތުގައި ވަނީ ކިތައް އާޔަތްތޯ ސުވާލުކޮށްފިނަމަ ނުގުނައި ޖަވާބުދެވޭނީ ކިތައް މީހުންނަށްބާވައެވެ! އަދި އެންމެ 6 ނުވަތަ 7 އާޔަތުގެ މާނަ އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ 

އަލްޙަމްދުގައި 7 އާޔަތް ހަމަވާނީ ބިސްމި އާއިއެކުގައެވެ. އާޔަތްތައް އެހައިމެ ކުރެވެ. ނަމާދަށް ފުރިހަމަކަން ލިބޭނީ އަލްޙަމްދުގެ މާނަވެސް އެނގިގެންނެވެ. ނަމަވެސް މިއީ މިއަދު އަހަރެމެންގެ ހާލު ހުރިގޮތެވެ. އިޞްލާޙްކުރުން އޮތީ ހަމަ އަހަރެމެންގެ އަތްމަތީގައެވެ. އަހަރެމެން ކުރާ ނަމާދުތައް ނަމާދަކަށްވާނީ ﷲ ތަޢާލާ އެ ނަމާދުތައް ޤަބޫލުފުޅު ކުރެއްވެވުމުންނެވެ. ނަމާދުގައި ކިޔަންޖެހޭ ތަކެތީގެ މާނަ ނުއެނގި ނަމާދަކަށްވާނެ ގޮތަށް ނަމާދުކުރާނީ ކިހިނަކުންހެއްޔެވެ؟ 

އިމާމް މީހާ ޤުރްއާނުން ކިޔަވާ ހުރިހައި އާޔަތްތަކުގެ މާނަ ނުއެނގިދާނެއެވެ. އެހާލަތުގައި ބޭކާރު ކަންކަމަށް ސަމާލުކަން ނުދީ ކަނުލައި އަޑުއަހާށެވެ! އެންމެ ކުޑަމިނުން އަލްޙަމްދާއި ކުރު ސޫރަތްތަކުގެ މާނަ ދަސްކުރާށެވެ! ނަމާދު ފުރިހަމަ ގޮތުގައި ކުރެވޭނީ އެއިރުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން