ކޮވިޑް19ގެ ހާލަތުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔުޓީޓީސީ) އިން ބަލައިގެ އެ ޖަމްއިއްޔާއިން ދޭ ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެ އަށް ލިބިއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ މި ސްޓޭމްޕް ރާއްޖެއަށް ލިބިފައިވަނީ އެ ޖަމްއިއްޔާ އިން ގަބޫލުކުރާ ބައިނަލްއަގުވާމީ ސޭފް ޓޫރިޒަމް ޕްރޮޓޮކޯލްތައް ރާއްޖެއިން ފުރިހަަމަ ކޮށްފައިވާތީކަމަށެވެ.
ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެ އަށް ލިބުމަކީ ޓޫރިސްޓުންނަށް ރާއްޖޭގެ ރައްކާތެރިކަން އިހުސާސް ކޮށްދެވި ޓޫރިޒަމް އަލުން ފަށައިގެން ކުރިއަށްދާއިރު ރާއްޖެ އިޝްތިހާރު ކުރަން ލިބުނު ރަނުގެ ފުރުސަތެކެވެ.