އިންޑިއާއިން ރާއްޖެއަށް އެކްޕޯޓްކުރާ ފިޔާގެ އަގު ދެގުނައަށް ވުރެ ބޮޑުކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އިންޑިއާއިން ރާއްޖެއަށް އެކްޕޯޓްކުރާ ފިޔާގެ އަގު ދެގުނައަށް ވުރެ ބޮޑުކޮށްފި!

ބާޒާރުން 10، 12 ރުފިޔާއަށް ލިބެމުން އައި ފިޔާކިލޯއެއްގެ އަގު މިއަދުވަނީ 20 ރުފިޔާއަށް އުފުލައިފައެވެ. މިކަމާއި ގުޅިގެން މިއަދުނޫހަށް މައުލޫމާތުދިން ބައެއް ވިޔަފާރިވެރިން ބުނީ ކުރިން ސީއެންޑްއެފް 250 ޑޮލަރަށް ޓަނެއް ގަންނަން ލިބު ފިޔާ ޓަނެއް އިންޑިއާއިން މިހާރު ލިބެނީ 525 ޑޮލަރަށް ކަމަށެވެ. އަދި އެއަގަށްވެސް ރާއްޖެ ގެންނަން އަދި ދަތިތަކެއް އެބަހުރިކަމަށެވެ. 

"ދެން ރާއްޖެއަށް ފިޔާ ފޮނުވޭނެ ކަމަށް ބުނި ނަމަވެސް މިއަދުވެސް އެކްސްޕޯޓަރުން ބުނީ އެމީހުންނަށް އަދި ހުއްދަ ނުލިބޭކަމަށް. އެހެންވުމުންވެސް ލިބުމުގަ ދަތިތަކެއް އެބަހުރި." 

ރާއްޖެއަށް ފިޔާއެތެރެކޮށް އެންމެ ހެޔޮއަގުގައި ވިއްކާ އެއް ފަރާތުން ބުނީ އިންޑިއާއަށްވެސް މިހާރު ފިޔާ އެތެރެކުރަނީ މިޞުރުން ކަމަށާއި މިޞުރުން މިހާރުވާނީ ފިޔާ ކޮންޓޭނަރުތަކެއް ރާއްޖެއަށް ވެސް ލޯޑްކޮށްފައި ކަމަށެވެ. "އަޅުގަނޑުމެންވެސް މިގެންދަނީ އަގުހެޔޮކުރަން މަސައްކަތްކުރަމުން. ސީދާ މިޞުރުން މިހާރު ވާނީ ލޯޑްވެސްކޮށްފަ. ލިބޭވަރުވާނީ މިމަހު ފަހުކޮޅު. ލިބުނީމަ އަގުހެޔޮކުރާނަން" ކަމަށެވެ.

މިއަދު އޮންލައިން