އިސްބަގްލުފެން ބުއިމުން ވައިގެ އުނދަގުލުންނާ ކޮލޮސްޓްރޯލުން ސަލާމަތްވެވިއްޖެ! ތަޖުރިބާކޮށްލެއްވުން ކީއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އިސްބަގްލުފެން ބުއިމުން ވައިގެ އުނދަގުލުންނާ ކޮލޮސްޓްރޯލުން ސަލާމަތްވެވިއްޖެ! ތަޖުރިބާކޮށްލެއްވުން ކީއްތޯ؟

 

އަޅުގަނޑަކީ ވައިގެ އުނދަޫ ހުންނާތީ ބޭސްކަމުން އަންނަ މީހެކެވެ. މީގެ އިތުރުން އަޅުގަނޑަކީ ހަކުރު، ކޮލެސްޓްރޯލް ލޭމައްޗަށް ދިއުން ފަދަ ގިނަ ކަންކަމަށް ބޭސްކަމުން އަންނަތާ 10 ވަރަކަށް އަަހރުވެފައިވާ މީހެކެވެ.

މީހަކު ދިން މައުލޫމާތަކާއި ގުޅިގެން އިސްބަގުލުފެން ބޯންފެށީމެވެ. ރޭގަނޑު ދޮޅު ލިޓަރު ފެންފުޅިއަކަށް ކުދި ސަމުސަލުގެ 4، 5 ސަމުސާހައި އިސްބަގުލު އަޅާފައި ބަހައްޓަނީއެވެ. ހެނދުނު ތެދުވެ ބޯންފަށަނީއެވެ. އެތޯކޮޅުން ބޮއި ދުވާލު ފުޅި ހުސްކުރަނީއެވެ. އެކަންކުރަންފެށިފަހުން ވައިގެ އުނދަގޫތަކުން ސަލާމަތްވިއެވެ.

އެއިގެ މަހެއްހައި ދުވަސްފަހުން އާދައިގެމަތިން ޢާންމުކޮށް ކޮންމެ 3 މަހަކުން ހަދާ ޓެސްޓްތައް ހެދިއިރު ކޮލެސްޓްރޯލްވަނީ ފިލައިފައެވެ. ރަނގަޅު ކޮލޮސްޓްރޯލް ވަނީ މަތިވެފައެވެ. ފާއިތުވި އެތައް އަހަރަކު މިއަންނަނީ ކޮންމެ ރެއަކު 20 މގ އެޓްރޮވިން ބޭނުންކުރަމުންނެވެ. ޑޮކްޓަރު ލަފާދެއްވީ ވަގުތުން ބޭސްކެއުން ހުއްޓާލުމަށެވެ.

ބޭހާއިއެކުވެސް އަބަދުވެސް ކޮލޮސްޓްރޯލް ހުރީ މަތީ ފަށަލައިގައެވެ. ދަށްވި ސަބަބެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ އިސްބަގުލުފެން ބޭނުންކުރުމެވެ. އެއީ އެނޫން އިތުރު އެއްވެސް ކަމެއް އަޅުގަނޑު ނުކުރާތީއެވެ.

މިއީ އަޅުގނޑުގެ ތަޖުރިބާއެވެ. އިސްބަގުލުފެނަކީ ޞިއްޙަތަށް ފައިދާހުރި ހަށިގނޑު ފިނިވެސްކޮށްދޭ އެއްޗެއްކަމަށް ޑޮކްޓަރުން ވެސް ބުނެއެވެ. ވީމާ ބުއިމަކުން ލިބޭނެ ގެއްލުމެއް ނެތެވެ. ތަޖުރިބާކޮށްލެއްވުން ކީއްތޯއެވެ؟

--މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން