"ހުކުރު ދުވަހު ޢަޞްރު ނަމާދުކޮށްގެން ޤިބްލައަށް ކުރިމަތިލައިގެން އިނދެ (يا الله يارحمن) މިފަދައިން އިރު އޮއްސެންދެން ކިޔާ ބޭނުން އެއްޗެއް ދެންނެވި މީހަކަށް އެ އެއްޗެއް ދެއްވާނެއެވެ. والله أعلم" : އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ
މިއީ ކުރަން އެހައި ބުރަ ކަމަކަށްވެސް ނުވާނެއެވެ. މިހާރަށް ބަލައިފިނަމަ ވެސް ޢަޞްރު ނަމާދަށްފަހު ހަވީރުގެ ޛިކުރުތައް ޤަވާއިދުން ކިޔާ މީހަކަށް ނިންމައިލެވޭނީ ހަތަރެއްޖަހައި އެހައިކަންހާއިރު އެވެ. 6 ޖަހާތަނުން އެބަ އިރުއޮއްސެއެވެ. ވީމާ ހިތްވަރުކޮށްކަން ޖެހެނީ ހަމަ 2 ގަޑިއެއްހައިއިރުއެވެ.
ކޮންމެ މީހަކީވެސް ކަންކަމަށް ނުހަނު ބޭނުންބޮޑުވެގެންވާ މީހެކެވެ. ބޭނުންތައް ނުފުދިގެން ﷲ ތަޢާލާއަށް ދަންނަވަންޖެހިފައިވާ މީހެކެވެ. ވީއިރު މިފަދަ ފުރުޞަތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފުން ކީއްތޯއެވެ! މިއޮތީ ނުހަނު ފަސޭހައިން އެމީހަކު ބޭނުން އެއްޗެއް ލިބިގަތުމުގެ ފުރުޞަތެވެ. ނުހަނު ފަހިވެފައެވެ. ނުހަނު ތިލައިގައެވެ. އޮތީ ހަމަ ހަފޮޅުންއެތެރެކޮށްލުމެވެ. ކުޑަހތްވަރެއްލައިގެން ވެސް އެކަންކޮށްލަމާތޯއެވެ!