ހަނދާން ނެތުމުމުގެ ބަލިން ސަލާމަތްވެ ޢިލްމު އުނގެނެވި ﷲ ގެ ޚާއްޞަ ޢިނާޔަތުގެ ދަށުގައި ހުރެވޭނެ ވަރަށް ފަސޭހަމަ މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ހަނދާން ނެތުމުމުގެ ބަލިން ސަލާމަތްވެ ޢިލްމު އުނގެނެވި ﷲ ގެ ޚާއްޞަ ޢިނާޔަތުގެ ދަށުގައި ހުރެވޭނެ ވަރަށް ފަސޭހަމަ މަގެއް!

"الرحمن ގެ ނަންފުޅުން ދުޢާ ދަންނަވާ މީހާއަށް ޢިލްމުގެ ނޫރާއި، ބަސްތެރިކަމުގެ ނޫރު ދެއްވާނެއެވެ. އަދި ﷲގެ ޚާއްޞަ ޢިނާޔަތްތެރިކަމުގެ ދަށުގައި ލައްވާނެއެވެ. ކޮންމެ ފަރްޟު ނަމާދަކަށްފަހު 100 ފަހަރު (الرحمن) ގެ ނަންފުޅުން ދެންނެވި މީހާގެ ކިބައިން ހަނދާން ނެތުމާއި ޣަފްލަތްތެރިކަމުގެ ބަލިން ސަލާމަތް ކުރައްވާނެއެވެ. އަދި ހިތްހަރުކަމުން ސަލާމަތްކުރައްވާ ދުންޔަވީ ކަންތައްތަކުގައި ވާގި ދެއްވާނެއެވެ." އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ 

1. الرحمن ގެ ނަންފުޅުން ދުޢާ ދަންނަވާ މީހާއަށް ޢިލްމުގެ ނޫރާއި، ބަސްތެރިކަމުގެ ނޫރު ދެއްވާނެއެވެ.

2. އަދި ﷲގެ ޚާއްޞަ ޢިނާޔަތްތެރިކަމުގެ ދަށުގައި ލައްވާނެއެވެ.

3. ކޮންމެ ފަރްޟު ނަމާދަކަށްފަހު 100 ފަހަރު (الرحمن) ގެ ނަންފުޅުން ދެންނެވި މީހާގެ ކިބައިން ހަނދާން ނެތުމާއި ޣަފްލަތްތެރިކަމުގެ ބަލިން ސަލާމަތް ކުރައްވާނެއެވެ. އަދި ހިތްހަރުކަމުން ސަލާމަތްކުރައްވާ ދުންޔަވީ ކަންތައްތަކުގައި ވާގި ދެއްވާނެއެވެ.

ފުރަތަމަ އޮތް ބަސްފުޅުން އެނގިގެންދަނީ الرحمن ގެ ނަންފުޅުން ދުޢާ ދަންނަވާ މީހާއަށް ޢިލްމުގެ ނޫރާއި، ބަސްތެރިކަމުގެ ނޫރު ދެއްވާނެއެވެ. ޢިލްމު އުނގެނުމާއި ޥާހަކަދެއްކުންތެރިކަން، ބަސްމޮށުންތެރިކަން ފަސޭހަވެގެންދާނެކަމެވެ. 

ދެވަނަ ބަސްފުޅުން އެނގެނީ الرحمن ގެ ނަންފުޅުން ދުޢާ ދަންނަވާ މީހާ ﷲގެ ޚާއްޞަ ޢިނާޔަތްތެރިކަމުގެ ދަށުގައި ލައްވާނެކަމެވެ. 

ތިން ވަނަ ބަސްފުޅުން އެނގިގެންދަނީ ކޮންމެ ފަރްޟު ނަމާދަކަށްފަހު 100 ފަހަރު (الرحمن) ގެ ނަންފުޅުން ދެންނެވި މީހާގެ ކިބައިން ހަނދާން ނެތުމާއި ޣަފްލަތްތެރިކަމުގެ ބަލިން ސަލާމަތް ކުރައްވާނެއެވެ. އަދި ހިތްހަރުކަމުން ސަލާމަތްކުރައްވާ ދުންޔަވީ ކަންތައްތަކުގައި ވާގި ދެއްވާނެކަމެވެ. 

ޣަފްލަތަކީ ޣާފިލްވުމެވެ. އެބަހުގެ މާނައިގައި ކަންކަމަށް ފަރުވާ ކުޑަކުރެވުމާއި ހަނދާން ނެތުމާއި ފަރުވާކުޑަކުރެވި އަޅާނުލައިނުލައި ދޫކޮށްލެވުމާއި މިފަދަ ހުރިހާ ކަންކަން ހިމެނެއެވެ. 

މިއަދު ގިނަބައަކު މިކިޔާ ނަފްސާނީވުމުގެ ތެރޭގައި ހިމެނޭ ގިނަ ކަންތައްތަކަކުން ސަލާމަތްވެހުރުމުގެ ފރުޞަތުވެސް މިއިސްމުފުޅުން މިދަނީ ލިބިގެންނެވެ! ހަމައެއާއިއެކު ދުނިޔަވީ ކަންކަމުގައި ﷲ ތަޢާލާގެ ވާގިފުޅު ލިބިގެންދިއުމަކީ ކޮންފަދަ މަތިވެރި ނިޢްމަތެއްހެއްޔެވެ؟ "އައްރަޙްމާން އިސްމްފުޅުން އެކަންވެސް އެބަ ޙާޞިލުވެއެވެ.

މިއަދު އޮންލައިން