މަރުވެފައި އޮތް މީހަކު ދިއްދޫ އަތިރިމަތިން ފެނިއްޖެ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 28ސ
މަރުވެފައި އޮތް މީހަކު ދިއްދޫ އަތިރިމަތިން ފެނިއްޖެ!

މަރުވެފައި އޮތް މީހަކު ހއ.ދިއްދޫ އަތިރިމަތިން ފެނިއްޖެއެވެ.

މިކަމާގުޅިިގެން ފުލުހުން ބުނެފައިވަނީ ދިއްދޫގެ ދެކުނު ފަރާތު އަތިރިމަތީ ރާޅު ޖަހާ ހިސާބުގައި ހަރަކާތެއް ނެތި ހަބަރު ހުސްވެފައިވާ މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު ހަވީރު  އެހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި ފުލުހުންގެ އެހީތެ ރިކަމާއެކު މި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ އެހެން ކަންތައްތައް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

މިއަދު އޮންލައިން