ހެޔޮ ޢަމަލުކުރަން މަގުފަހިކޮށް ދެއްވާ ފަސޭހަ ގޮތްތައް މިންވަރު ކުރައްވާތޯ އަބަދުވެސް ދުޢާ ކުރަން ޖެހޭ!: އަނާރާ ނަޢީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ހެޔޮ ޢަމަލުކުރަން މަގުފަހިކޮށް ދެއްވާ ފަސޭހަ ގޮތްތައް މިންވަރު ކުރައްވާތޯ އަބަދުވެސް ދުޢާ ކުރަން ޖެހޭ!: އަނާރާ ނަޢީމް

بسم الله الرّحْمَانِ الرَّحِيْمލޮބުވެތި އަޚުންނާއި، އުޚުތުން: السلام عليكم ورحمة الله وبركاته 

ކޮންމެ އިންސާނަކުވެސް الله سُبْحَانَهُ وَتَعَالى މިބިންމަތީ ލައްވާފައި މިވަނީ ވަރަށް މާތް މަޤްޞަދެއްގައެވެ. އެގޮތުން سُورة الزَّارِعَاتގެ 56ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ. الله سُبْحَانَهُ وَتَعَالى "އިންސާނުންނާއި ޖިންނީން ނުހައްދަވަމޭ ﷲ އަށް އަޅުކަން ކުރަން މެނުވީ"

އެހެންވީމާ މާތް ﷲ އަށް އަޅުކަންކުރުން މީ މުސްލިމުން އެންމެ ބޮޑު ޢަޒުމަކަށް ހަދަން ޖެހެއެވެ.  އެގޮތުން ކޮންމެ ކަމެއް ކުރުމުގެ ކުރިން އެކަމަކީ الله سُبْحَانَهُ وَتَعَالى ރުހިވޮޑިގަންނަވާ ފަދަ ޢަމަލެއްތޯ ވިސްނާލަން ޖެހެއެވެ. "ހަމަ އެގޮތަށް ތަސައްވުރަކަށް ހަދާށޭ އާޚިރަތް ބާއްޖަވެރިކުރުން އެގޮތަށްވެސް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވޭ. އެހެންވީމާ އާޚިރަތް ބާއްޖަވެރި ކުރުމަށް މަސައްކަތް ކުރީމާ ދުނިޔޭގެ ބާއްޖަވެރިކަންވެސް އެމީހަކަށް ލިބިގެންދާނެ ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވާ!"

އަޅުގަނޑުމެން ތަކުރާރުކޮށް ކޮންމެ ދުވަހަކު ކިޔާ އާޔަތެއް އޮވެއެވެ. "إَيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْن،"  

"މާނައަކީ އަޅަމެން އަޅުކަން ކުރަނީ އަދި އަޅަމެން ވާގި އެދެނީ ﷲގެ ޙަޟްރަތުންނޭ އެއީ އަޅުކަން ކުރުމުގައިވެސް ވާގި އެދެން މިޖެހެނީ ﷲގެ ޙަޟްރަތުން ހެޔޮ ޢަމަލު ކުރުމަށް މަގުފަހިކޮށް ދެއްވާ ފަސޭހަ ގޮތްތައް މިންވަރު ކުރައްވާތޯ އަބަދުވެސް ދުޢާ ކުރަން ޖެހޭ ހެޔޮ ޢަމަލުތައްމަތީ ދެމި ތިބެވޭތޯ ހަމަ އެގޮތަށް އޭގެ އިތުރުން ވަރަށް ގިނަ ތަފާތު އެކިއެކި ޙާލަތްތަކާއި، ތަފާތު އެކިއެކި ދަތިތަކާއި، އުނދަގޫ ތައްވެސް ދުނިޔޭގައި ކުރިމަތިވޭ މި ހުރިހާ ޙާލަތް ތަކަކަށްވެސް އަޅުގަނޑުމެން އެބަ ރިއާޔަތް ކުރަންޖެހޭ."

"މި ހުރިހާ ޙާލަތެއްގައިވެސް އެންމެ ފުރަތަމަ ދަންނަވާ ފަރާތަކަށް ވާން ޖެހެނީ الله سُبْحَانَهُ وَتَعَالى ﷲ ގެ ޙަޟްރަތުގައި އެކަންކަން ލުއިކޮށްދެއްވާ ފަސޭހަ ކޮށްދެއްވާތޯ ދުޢާ ކުރުމަށްފަހު އެހެން މީހުންނާ އެކަންތައްތައް ހިއްސާ ކޮށް އެކަންތައްތައް ޙައްލު ލިބޭތޯ މަސައްކަތް ކުރުން މީ އެންމެ ރަގަޅު ގޮތަކީ އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާނީ ކޮންމެ ކަމެއްގަވެސް ތަހައްމަލް ކުރުމާއި، ކެއްތެރި ވުމާއި، އަދި ޝުކުރުވެރި ވުމާއި، މިހުރިހާ ސިފަތަކެއް އަޅުގަނޑުމެން ގެންގުޅެމާހޭ އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖެވެރިކަން ﷲ މިންވަރު ކުރައްވާނެ ކަމަށް އުންމީދު ކުރާ ބައެއްގެ ގޮތުގައި ވަމާހޭ!"

وَالسَّلام عَلَيكُم وَرَحْمَتُ الله وَبَرَكَاتُه

- އަލްއުސްތާޛާ އަނާރާ ނަޢީމް

- ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން