އެދޭ ކޮންމެ ކަމެއް ޙާޞިލުކުރުމުގެ ފުރުޞަތު ހުކުރު ދުވަހު ލިބެން އޮތްއިރު ފުރުޞަތު ނަގާނުލަމާހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އެދޭ ކޮންމެ ކަމެއް ޙާޞިލުކުރުމުގެ ފުރުޞަތު ހުކުރު ދުވަހު ލިބެން އޮތްއިރު ފުރުޞަތު ނަގާނުލަމާހެއްޔެވެ؟

މިއަދަކީވެސް ހުކުރު ދުވަހެކެވެ. ކޮންމެ ހުކުރު ދުވަހެއްގައި ހިމެނިގެންވާ އެންމެ ބޮޑު ޖަވާހިރަކީ ކޮންމެ ހުކުރު ދުވަހެއްގެ ދުވާލުގެ ވަގުތުތަކުގެ ތެރޭގައި ހިމެނިގެންވާ އެންމެ އަގުހުރި ވަގުތުކޮޅެވެ. އެވަގުތުކޮޅުގައި ﷲ ތައާލާގެ އަޅަކު އެބަހީ ކޮންމެ މީހަކުނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ކޮންމެ ކަމަކަށް އެދި ދެންނެވި ނަމަވެސް ﷲ ތަޢާލާ އެކަމެއް އެމީހަކަށް  ހިންމަވައި ދެއްވަވާނެތެވެ. 

ދުޢާ އިޖާބަ ކުރެއްވެވިގެންވާ އެވަގުތުކޮޅު ހުކުރު ދުވަހުގައިވާކަން ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭއިރު ހުކުރު ދުވަހަކީ ވީހައި ގިނައިން ދުޢާކުރާ ދުވަހަކަށް ހަދާށެވެ! އެމީހަކަށް އެންމެ ބޭނުން ބޮޑުވެފައިވާ ކަންކަމަށް އެދި ދުޢާ ކުރަމުން ގެންދާށެވެ. އެ ވަގުތުކޮޅާއި ދުޢާކުރާ ވަގުތާއި ދިމާކުރެވިއްޖެ ނަމަ ހަމަ ވަގުތުން އެމީހާގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެތެވެ. 

ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާތް ދުވަހެވެ. ދުވަހުގެ ކޮންމެ ހިނދުކޮޅަކީ ވެސް މަތިވެގެންވާ ވަގުތުކޮޅެކެވެ. އެވަގުތުތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! ހަމައެއާއިއެކު ހުކުރު ދުވަހު ތިމާގެ ކިބައިގައިވާ ޢާއިލީ ޒިންމާތައް އަދާކުރުމަކީވެސް އަޅުކަން ކަމުގައި ދެކޭށެވެ. ޙަދީޘްފުޅުގައިވާ ފަދައިން ޢާއިލާއަށް އެންމެ ހެޔޮ މީހާކަމުގައިވެ އެންމެ ހެޔޮކަންބޮޑު މުސްލިމުންގެރޭގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން