" الرحيم " މިނަންފުޅުން ދުޢާ ދަންނަވާމީހާގެ ހިތަށް މާތް ﷲ އޯގާތެރިކަން ވައްދަވާ އޭނާގެ ހިތް ހެޔޮކުރައްވާނެއެވެ. އަދި މަޚްލޫޤުންނަށް އޯގާތެރި ވާނެއެވެ.
ބުނެވޭ ގޮތުގައި ދުވާލަކު 100 ފަހަރު މިނަންފުޅުން ހަނދުމަކުރާ މީހަކަށް ﷲ ގެ ރަޙްމަތް އަބަދުވެސް ލިބިގެންވާނެއެވެ.
ބިރުވެރިކަމުގެ ޙާލަތުގައި އަމާންކަން ދެއްވާނެއެވެ. ޙާލުގައި ޖެހިފައިވާ ވަގުތުގައި އޭގެ މަންފާ ކުރާނެއެވެ.
الرَّحمن އާއި الرحيم ކިޔައި، ޖައްބާރެއްގެ ގާތަށް ދިޔަނަމަ އޭނާގެ ނުބައިކަމުން ސަލާމަތް ކުރައްވާނެއެވެ. އަދި އޭނާއަށް ހެޔޮކޮށް ހިތޭނެއެވެ.
- އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ލިޔުއްވާފައިވާ އޮނަސައްތަ އިސްމްފުޅު ފޮތުން