ނަމާދުކުރާއިރު މަލާއިކަތުން އެމީހަކާ ކައިރިވެވަޑައިނުގަންނަވާނެ ބައެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ނަމާދުކުރާއިރު މަލާއިކަތުން އެމީހަކާ ކައިރިވެވަޑައިނުގަންނަވާނެ ބައެއްގެ ވާހަކަ!

މިވާހަކަ މިފަށަނީ ނަމާދުކުރާއިރު ކޮންމެ މީހަކާއިއެކުވާ މަލާއިކަތާ އާއި ހަމައިންނެވެ. ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ކޮންމެ މީހަކު ނަމާދުކުރާއިއރުވެސް ، ގޭގައިކުރިނަމަވެސް މިސްކިތުގައި ކުރިނަމަވެސް އެމީހަކާއިއެކު މަލާއިކަތަކުވާނެއެވެ. އެމީހާ ޤުރްއާނުން ކިޔަވާ ތަކެތި އެމަލާއިކަތާގެ މޭފުޅަށް ސީދާ ވަދެގެންދާވަރަށް މަލާއކަތާ އެމީހަކާއި ކައިރިވެވަޑައިގަންނަވާނެއެވެ. 

މީގެ އިތުރުން ކޮންމެ މީހަކު ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ކީރިތި ޤުރްއާން ކިޔެވި ނަމަވެސް އެމީހާގެ ވަށައިގެން މަލާއިކަތުންގެ ފައުޖުތައް ތިއްބަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ! ޤުރްއާން ކިޔަވާއަޑު އައްސަވަން މަލާއިކަތުން ލޯބިކުރައްވަވާތީއެވެ. 

ވިސްނައިލަންޖެހޭނެ ކަމަކީ މީސްތަކުންނަށް ނުބައިވަސްދުވާތަކެތިން މަލާއިކަތުންނަށް ވެސް ނުބައިވަސްދުވާކަމެވެ. އެހެންކަމުން އެމީހާގެ އަނގައިން ނުބައިވަސްދުވާނަމަ މަލާއިކަތުން އެމީހަކާއި ކައިރިވެވަޑައިނުގަންވާނެތެވެ. 

ނަމާދުކުރިނަމަވެސް ޤުރްޢާން ކިޔެވިނަމަވެސް އެމީހާގެ އަނގައިން ނުބައިވަސް ދުވާނަމަ މަލާއިކަތުން އެމީހަކާއި ކައިވެވަޑައިނުގަންނަވާނެތެވެ. ވީމާ ނަމާދުކުރިނަމަވެސް ޤްރްއާން ކިޔެވިނަމަވެސް އެމީހާގެ އަނގައިން މީރުވަސް ދުއްވަން އެބަޖެހެއެވެ. ސާފުތާހިރުވެ ގައިންވެސް މީރުވަސް ދުއްވަން އެބަޖެހެއެވެ. 

ކޮންމެ ނަމާދަކަށް ވެސް އަދި ކޮންމެ އަޅުކަމެއް ކުރައްވަވަންވެސް ރަސޫލް (ޞޢވ) ދަތްޕުޅު އުގުޅުއްވެވީ އެސަބަބަށްޓަކައެވެ. ސާފުތާހިރުފޭރާންލައި ގައިން މީރުވަސް ދުއްވަން ޖެހެނީ އެސަބަބަށްޓަކައެވެ. ލޮނުމިޑާއި ފިޔާފަދަތަކެތި ކައިގެން ހުރެ މިސްކިތަށް ނުދާން ރަސޫލް (ޞޢވ) ޙަދީޘްފުޅުކުރައްވަވާފައިވަނީ އެސަބަބަށްޓަކައެވެ. 

މިކަންކަމަށް ސަމާލުކަންދޭށެވެ! ކޮންމެ ނަމާދަކަށްވެސް އަދި ީރިތި ޤުރްއާން ކޔަވަންވުމުންވެސް ދަތްއުނގުޅައި އަނގަސާފުކުރާށެވެ! ސާފުތާހިރުވެ ގައިން މީރުވަސްދުއްވާށެވެ!

(މިހާރަކަށް އައިސް ވުޟޫކޮށްގެން ތިބެވެސް ސިގިރެޓް ބޮއި މިސްކިތަށް އަރަމުން ސިތިރެޓް އެއްލާލާފައި އެބަ މިސްކިތަށް އަރައެވެ. އެމީހުންގެ އަނގައިން އެދުވާ ކުނިވަހަކީ ލޮނުމިދަށްވުރެ މާބޮޑަށް މޭނުބައިކުރާ ކުނިވަހެކެވެ. ވިސްނައިލުން ރަނގަޅުވާނެއެވެ! އެއިރު އެފަދަ އަމަލުތައް ކުރުން ނެތުމުން ޙަދީޘްފުޅެއްގައި ސިގިރެޓްގެ ޥާހަކަ ނެތް ނަމަވެސް ނުބައިވަސް ދުވުމުގެ ވާހަކަ އޮތުމުން އެއޮތީ ހަމަ ޙަދީޘްފުޅުން ފެންނާށެވެ!) 

- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން