ޚަރަދުކުރުމުގަ މިކަންކަމަށް ސަމާލުކަން ނުދީފިނަމަ ވާނީ ޝައިޠޯނާގެ އަޚަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޚަރަދުކުރުމުގަ މިކަންކަމަށް ސަމާލުކަން ނުދީފިނަމަ ވާނީ ޝައިޠޯނާގެ އަޚަކަށް!

އެއްވެސް މުސްލިމަކީ ޝައިޠޯނާގެ އަޚަކަށްވާން ބޭނުންވާނެ މީހެއް ނޫނެވެ. އެހެންކަމާއިއެކުވެސް ގިނަ ބައަކު ދަނީ ޝައިޠޯނާގެ އަޚުންނަށްވަމުންނެވެ. ހިތާމައަކީ އެފަދަ ނުބައި ޢމަލަުތައް ކުރެވޭއިރު މިކުރެވެނީ އެފަދަ ޢަމަލެއްކަން ނުވެސް ވިސްނޭ ކަމެވެ. 

ޝައިޠޯނާގެ އަޚުންނަށް ގިނަ ބައަކު ވަމުންދަނީ އެމީހުންނަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަން ހޭދަކުރާގޮތުންނެވެ. ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާގެ މަގުގައި ނޫން ގޮތްގޮތަށް ޚަރަދުކުރުމުންނެވެ. 

މިސާލަކަށް ފުރަތަމަ  ތިމާގެ މުހިންމު ބޭނުންތައް ފުއްދުމެވެ. ދެން އޮތީ ޢާއިލާގެ މީހުންނަށާއި ހާލުގައިޖެހިފައި ތިބި ނިކަމެތިންނަށް އެހީތެރިވުމެވެ. ޔަތީމުންނަށް ޚަރަދުކުރުމެވެ. ތިމާއަށާއި ތިމާގެ ޢާއިލާއަށް ޚަރަދުކުރުމަކީވެސް ހަމަ ﷲ ތަޢާލާގެ މަގުގައި ޚަރަދުކުރުމެވެ. 

ތިމާއަށް ކޮންމެހެން ބޭނުން ނުވާ ތަކެތި ގަތުމަށާއި ކަންކަން ކުރަން ޚަރަދުކުރުމަކީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެއް ނޫނެވެ. އެކަންވަނީ ނަހީކުރައްވަވައިފައެވެ. ވީމާ ހަމަ އެއްޗެއް ގަތުމުގެ ބޭނުމުގައި ތިމާއަށް ބޭނުންނުވާތަކެތިގަތުމާއި ތިމާއަށް ނުވަތަ އެހެން ބައަކަށް އެކަމަކުން ފައިދާ ނުކުރާނެ ކަންކަމަށް ޚަރަދުކުރާނަމަ އެމީހަކަށް އެވެވެނީ ޝައިޠޯނާގެ އަޚަކަށެވެ! 

ކުޑަކުޑަ މިސާލެއްވެސް ބުނެފާނަމެވެ. މީހަކު އޭނާ ހިތްހަމަޖައްސައިލުމަށްޓަކައި ގޭގައި ބަހައްޓަން މައުބޮޑިއެއް ގަނެލުމަކުން އަދި ޝައިޠޯނާގެ އަޚަކަށް ނުވާނެއެވެ. ނަމަވެސް އެންމެ އަގު ބޮޑު މައުތައް ގަނެ، އަދި އެކަމަކީ އަބަދުކުރާ ކަމެއް ކަމުގައި ހަދައިފިނަމަ އެވެވެނީ ޝައިޠޯނާގެ ބައިވެރިއަކަށެވެ. ވީމާ ހިތްހަމަޖައްސައިލަން ޚަރަދުކުރާއިރުވެސް ދެވި ހިފައި ހައްދުފަހަނައަޅައިނުދާށެވެ! 

- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން