ދަރިންނަށް ހެޔޮލަފާ ބައިވެރިއަކު ލިބުން އެދޭނަމަ ދެމަފިރިން ހެޔޮލަފާކަމުގަ ނަމޫނާ ދައްކާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދަރިންނަށް ހެޔޮލަފާ ބައިވެރިއަކު ލިބުން އެދޭނަމަ ދެމަފިރިން ހެޔޮލަފާކަމުގަ ނަމޫނާ ދައްކާށެވެ!

ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހާގެ ދަރިން ވީހައި ހެޔޮލަފާ ރަނގަޅު މީހަކާއި ކައިވެިކުރުވައި ދަރިފުޅަށް އުފާވެރި ޒަވާޖީ ޙަޔާތެއް ހޯދައި ދިނުމަށެވެ. އެކަން އެދޭނަމަ ފުރަތަމަވެސް މައިންބަފައިންނަކީ ހެޔޮލަފާ ކަމުގައި ނަމޫނާބައަކަށްވާށެވެ! 

އެކަމުގެ އެންމެ ބޮޑު އެއް ފައިދާއަކީ މައިންބަފައިންގެ ކިބައިން އެ ރަނގަޅު ސިފަތައް ދަރިންގެ ކިބައިގައި އަށަގަތުމެވެ. އެއިރުން އެމީހުންގެ ޙަޔާތަށް އަންނަ މީހުންނަށް އުފާވެރިކަން ލިބި ހިތްހަމަޖެހުން އިތުރުވާނެއެވެ. ދަރިފުޅަށް ލިބޭ ބައިވެރިޔާއަށް ހިތްހަމަޖެހުން ލިބޭނަމަ ކައިވެނި ދަހަމަހައްޓަން ބޭނުންވާނެއެވެ. 

މައިންބަފައިންނަކީ ހެޔޮލަފާބައަކަށްނުވެ އަރާރުންވުމާއި ތަޅާފޮޅުމާއި ދުލުން ނުބައިބަސްބުނާ އަދި އެކަކު އަނެކަކަށް ހެޔޮކޮށް ނުހިތާ ބައަކަށް ވެއްޖެ ނަމަ ދަރިންނަށްވެސް ދަސްވާނީ ހަމަ އެސިފަތަކެވެ. އަމަލުކުރަން ދަސްވާނީ ހަމަ އެ ނުބައި ގޮތަށެވެ. 

އެކަން ބަޔާންކޮށް ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. "ތިބާގެ އަންހެން ދަރިންނަށް ހެޔޮލަފާ ފިރިއަކު ލިބުމަށް އެދޭ ފަދައިން ތިބާގެ އަނބިމީހާއަށް އެފަދަ ފިރިއަކު ކަމުގައި އަދި ފިރިމީހާއަށް އެފަދަ އަންތބަކު ކަމުގައި ތިބާ ވާށެވެ!" މިއީ ވަރަށް އަގުހުރި ނަޞޭޙަތުގެ ބަސްކޮޅެކެވެ. 

 

--އސްލާމީ ތިލަފަތުގެ ދަރުސްކުން

މިއަދު އޮންލައިން