އިންޑިއާއިިން ދުވިސައްތަ ފަންސާސް މިލިއަން ޑޮލަރުގެ ދަރަންޏެއް ޓެރަޒަރީ ބިލެއްގެ ގޮތުގަ ވިއްކައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އިންޑިއާއިިން ދުވިސައްތަ ފަންސާސް މިލިއަން ޑޮލަރުގެ ދަރަންޏެއް ޓެރަޒަރީ ބިލެއްގެ ގޮތުގަ ވިއްކައިފި

އިންޑިއާއިިން 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގެ ދަރަންޏެއް ޓެރަޒަރީ ބިލެއްގެ ގޮތުގަ ރާއްޖެއަށް ވިއްކައިފިއެވެ.

250 މިލިއަން ޑޮލަރުގެ މި އެހީ ރާއްޖެއާއި ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އިންޑިއާ ސަފީރު ސަންޖޭ ސުދީރެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ދިވެހިންނަށް އެޤައުމުތަކުގެ ރައްޔިތުންގެ ހިތުގައި އޮތް ލޯބި ބަންދު ނުކުރެވޭނެކަން އަންގައިދީފި ކަމަށާއި އިންޑިޔާއަކީ މިސާލު ދައްކާ އަބަދުވެސް އެންމެ ގާތް އެކުވެރިޔާ ކަމަށެވެ.

"މުޅި ދުނިޔެ ބަންދު ކުރިޔަސް، މުޅިދުނުޔޭގެ ވައިގެ ބަނދަރު ހުއްޓުމަކަށް އަޔަސް ބޯޑަރުތައް ބަންދު ކުރިޔަސް އިންޑިއާއިން ހުޅުވާފައިވާ ރަހުމަތްތެރިކަމުގެ ދޮރުތައް ބަންދު ނުކުރާނެކަން ދައްކައިދީފި" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ވިދާޅުވީ އިންޑިއާއިން ފޯރުކޮށްދެއްވާ އެހީގެ ބޭނުންކުރެވޭނީ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ކޮވިޑް-19 ރެސްޕޮންސް ޕެކޭޖްތަކަށް ކަމަށެވެ.

 250 މިލިއަން ޑޮލަރުގެ މިފައިސާ ދިވެހި ސަރުކާރުން އަނބުރާ ދައްކަން ޖެހޭނީ 10 އަހަރުގެ ރީޕޭމެންޓް ޓެނިއާއަކަށް ފަހުއެވެ

 

 

މިއަދު އޮންލައިން