ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ގޮޅިތަކުގެ ކުލި ދެހާސްރުފިޔާ އަށް ކުޑަކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ގޮޅިތަކުގެ ކުލި ދެހާސްރުފިޔާ އަށް ކުޑަކޮށްފި!

ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ގޮޅިތަކުގެ ކުލި މާލޭ ސިޓީ ކައުންސިލުން ދެހާސްރުފިޔާ އަށް ކުޑަކޮށްފިއެވެ. 

ކިކަމާގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މާރުކޭޓު ގޮޅިތަކުގެ ކުލި ކުޑަކުރަން ނިންމީ ކޮވިޑް19އާ ގުޅިގެން މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން އާންމުންނަށް ހީނަރުކަމެއް ކުރިމަތިވެފައި ވާތީ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ކުނި އުކާލުމަށް ގޮޅިތަކުން ނަގަމުން އަންނަ 150 ރުފިޔާގެ ފީ ވެސް ނުނެގުމަށް ނިންމައިފައެވެ.

މީގެ ކުރިން ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއަކުން ކުލީގެ ގޮތުގައި ނަގަމުން އައީ މަހަކު 3،000 ރުފިޔާ އެވެ. އަދި ލޯކަލް މާރުކޭޓުގެ ގޮޅިއަކުން ކުލީގެ ގޮތުގައި ނަގަމުން އައީ 2،500 ރުފިޔާއެވެ.

މިއަދު އޮންލައިން