އިންޑިއާއިން ދުއިސައްތަ ފަންސާސް މިލިއަން ޑޮލަރުގެ ދަރަނި ދިނީ އިންޓަރެސްޓާއެކު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އިންޑިއާއިން ދުއިސައްތަ ފަންސާސް މިލިއަން ޑޮލަރުގެ ދަރަނި ދިނީ އިންޓަރެސްޓާއެކު!

އިންޑިއާއިން ދާދިފަހުން ދިވެހި ސަރުކާރަށް ދިން 250 މިލިއަން ޑޮލަރުގެ ދަރަނި ދީފައިވަނީ 3.5 އިންސައްތަ އިންޓަރެސްޓާއެކުގައެވެ. 

ދައުލަތުގެ ބަޖެޓުން އެއަހަރަކު ކުރަންޖެހޭ ޚަރަދުތައް ފޫބައްދަން ކޮންމެ އަހަރަކުވެސް އެމްއެމްއޭއިން ޓީބިލްވިއްކައެވެ. އެގޮތުން އިންޓަރނޭޝަނަލް މާކެޓަށް ޢާންމުކޮށް ހުޅުވާލައިގެންވެސް ސަރުކާރުން ވަނީ ޓީބިލް ވިއްކައިފައެވެ. 

ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ބަޖެޓު ފާސްކުރަމުން ދަނީ ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ގިނަ ޚަރަދުތައް ކުރަންޖެހޭ ގޮތަށްކަމަށްވުމުން ބަޖެޓުގައި ކުރަން ކަނޑައަޅާ ކަންކަން އެއަހަރަކު ކުރަން އިތުރަށް ޚަރަދުކުރަންޖެހޭ ފައިސާ ލިބެން އޮތްގޮތަކުން ހޯދަން ސަރުކާރަށް އޮންނަނީ މަޖބޫރުވެފައިކަން ފާހަގަކުރެވެއެވެ. 

ރައީސް ނަޝީދުގެ ވެރިކަމުގައި ސްޓޭޓް ބޭންކުން ނެގި 25 މިލިއަން ޑޮލަރު މުއްދަތަށް ދެއްކޭގޮތް ނުވުމުން ސަރުކާރު ހިންގަން ތަފާތު ގޮތްގޮތުން ޕްރެޝަރުކުރުވިކަން ރައީސް ވަޙީދުގެ ވެރިކަމުގައި ވަނީ ސަރުކާރުން ހާމަކޮށްފައިކަންވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން