އުފަންވެލި ޝޮޕްތަކަށް އިންޑިއާގެ މަޝްހޫރު ބޮމްބޭ ރެޑް އޮނިއަން (ފިޔާ) އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.
އެފިހާރައިން ބުނީ ފިޔާ ކިލޯއެއް މިހާރު ރެޓޭލް ކުރަނީ 18، 20 ރުފިޔާއަށް ކަމަށާއި ބަސްތާ ވިއްކަނީ 20 ކިލޯގެ ބަސްތާއެއް 350 ރުފިޔާއަށް ކަމަށެވެ.
އުފަންވެލި ޝޮޕްތަކުން ގެންދަނީ ތާޒާ ތަރުކާރީ އާއި ބޭވާގެ ބާތްތަކުގެ އިތުރުން ކުޅުމަހާއި ގެރިމަހާއި ކުޅާއި ގެރިމަހުގެ ތަފާތު ބާވަތްތައްވެސް ވަރަށް ހެޔޮއަގުގައި ވިއްކަމުންނެވެ. އަދި ކުކުޅު ބިސްވެސް ވަރަށް ހެޔޮ އަގުގައި ވިއްކަމުންނެވެ.