ޖަޕާނު ސަރުކާރުން ރާއްޖެއަށް 5 ބިލިއަން ޖަޕަނީޒް ޔެން (47.5 މިލިއަން ޑޮލަރުގެ) ގެ ލޯނު އެހީ ދޭންނިންމައިފިއެވެ
މި ލޯނު އެހީގެ އެއްބަސްވުމުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެގައުމުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އެވެ.
ފޮރިންގ މިނިސްޓްރީން ބުނެފައިވަނީ މި ލޯނަކީ ޖަޕާނާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ތާރީޚުގައި އެޤައުމުން ފޯރުކޮށްދޭ އެންމެ ބޮޑު ލޯން އެހީ ކަމަށެވެ. ޖަޕާނުން ފޯރުކޮށްދޭ ލޯން އެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިވަގުތު ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށެވެ.
މި ލޯނު އެހީއަކީ 4 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 15 އަހަރުން ދައްކާ ގޮތަށް، 0.01 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ޖަޕާނުން ދޭ ލޯން އެހީއެކެވެ.