ޝާހުގެ މައްޗަށް ރޭޕުގެ ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ޝާހުގެ މައްޗަށް ރޭޕުގެ ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށް!

ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ ފަރުވާ ހޯދަމުން ދަނިކޮށް 28 ޑިސެމްބަރު 2015 ގައި ނިޔާވި ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ރޭޕްކުރުމުގެ ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުުކުމްކޮށްފި އެވެ.

ޝާހުގެ މައްޗަށް ދަޢުލަތުން  ކުރި ދަޢުވާ ތަކަކީ އަނބިމީހާ ރޭޕްކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާއެވެ. އަދ އޭނާގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާ ވެސް ވަނީ ކޮށްފައެވެ.

އެހެންނަމަވެސް މިދިޔަ އަހަރުގެ މި ހުރިހާ މައްސަލައެއް ވެސް ސާބިތު ނުވާ ކަމަށް ކްރިމިނަލް ވަނީ ހުކުމްކުރުމުން ހުކުމްތައް ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. 

މިއަދު ހައި ކޯޓުން ޝާހު ތިން އަހަރަށް ޖަލަށްލާން ހުކުމް ކުރީ މީގެތެރެއިން އަނބިމީހާ ރޭޕްކުރި މައްސަލައިގައެވެ.  

މިއަދު އޮންލައިން