އައިޖީއެމްއެޗުގައި ޑައެބެޓީސް ސެންޓަރެއް ހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
އައިޖީއެމްއެޗުގައި ޑައެބެޓީސް ސެންޓަރެއް ހުޅުވައިފި

އައިޖީއެމްއެޗުގައި ނެޝަނަލް ޑައެބެޓީސް ސެންޓަރެއް ހުޅުވައިފިއެވެ.

މިކަމާގުޅިގެން އައިޖީއެމްއެޗުން ބުނެފައިވަނީ ހަކުރުބައްޔަށް ފަރުވާ ހޯދާ މީހުން އިތުރުވުމާއި މިފަދަ ބަލިމީހުންނަށް އެއް ފުރާޅެއްގެ ދަށުން މި ޚިދުމަތް ފޯރުކޮށްދިނުމަކީ ނުހަނު މުހިންމުކަމެއް ކަމުގައި ވާތީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައި މިއަދު އެސެންޓަރު ހުޅުވާފައިވާ ކަމަށެވެ.

ޑައެބެޓީސް ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލް ކުރާ ފަރާތްތަކުގެ ކެއުން ބަހައްޓާނެ ގޮތާއި މެދު ޑައިޓިޝަނުންގެ ލަފާ ދިނުން ހިމެނޭ ކަމަށް އައިޖީއެމްއެވުން ބުނެއެވެ.

މި ބަލީގެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސްގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން