ރޭ މާލޭ މަގުމަތީގައި ﷲ އަށް ފުރައްސާކުރި މަޑުކަށިފިކުރުގެ އިންޑިއާ މީހާ ދޫކޮށްލައިފިއެވެ. އޭނާވެސް ސައްތައިން ސައްތަ އިސްލާމް ރާއްޖޭގެވެރިކަންކުރާ ފުރަ މާލޭ މަގުމަތީގައި އެކަންކުރީ މަޑުކަށިފިކުރުގެ މީހުން ޢާންމުކޮށް އެކަންކުރާ އުޞޫލުން މަސްތުވެގެން ހުރެއެވެ.
އޭނާ މިނިވަންކޮށް ދޫކޮށްލުމުން ރައްޔިތުންގެ އިއްތިހާދުން ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.
"މުސްލިމުންގެ ހައިސިއްޔަތުންނާއި ދިވެހި ދައުލަތުގެ ހައިސިއްޔަތުންނާއި ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ހައިސިއްޔަތުންނާއި އަދި އަމިއްލަ ފަރުދީ ހައިސިއްޔަތުންވެސް މިކަމާއި އިންކާރުކޮށް އަޑުއުފުލައި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ބާރު އެޅުމަކީ މިވަގުތު އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ އެންމެ އިސް ދީނީ އަދި ގައުމީ ވާޖިބެވެ. އެހެން ނޫންނަމަ މި ގައުމު ދާނީ އެކީއެކަށް ބޮޑުވެގެންވާ ފިތުނަވެރި އަދި ބިރުވެރި މުސީބާތެއްގެ ތެރެއަށް ކަމުގައި ޔަގީނެވެ،" އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އޭނާކުރި ކުށްތައް ބަލަމުންގެންދާ ކަމަށެވެ. އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ޓައިސެއިކޮށީގައި ބުދުކޯލެއް ހަދައިގެން އަޅުކަންކުރި މައްސަލައެއްވެސް ފުލުހުން ބެލިއެވެ. ނޫސްވެރިންނަށްވެސް އެތަން ދެއްކިއެވެ. އެޅި ފިޔަވަޅެއް މިއަދާއި ހަމައަށް ވެސް ހާމަކުރިކަން އެނގިފައެއް ނުވެއެވެ.
ގިނަ ބައަކު ބުނަމުން ގެންދަނީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމް ދީނުގެ ޙިމާޔަތުގަ ނުކުންނަ ދިވެހިން ދެން ބަދަލުކޮށްލާނީ ހަރުކަށިފިކުރުގެ ޓެރަރިސްޓުންނަށް ކަމަށެވެ.
ރާއްޖޭގެ ސަރުކާރުގެ ބެސްޓްފްރެންޑަކީ އިންޑިއާ ކަމަށް ސަރުކާރުން ގެންދަނީ ބުނަމުންނެވެ.