މުޞްޙަފްތައް މަތީގަ ނިދައި މިސްކިތުން ވައްކަންކުރަމުން ދިއަ ވަގުކަލޭގެ - ފެނުނީ ގެއެއްގެ ވައިގޮޅީގަ މަރުވެ ކުނިވެފައި އޮއްވައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މުޞްޙަފްތައް މަތީގަ ނިދައި މިސްކިތުން ވައްކަންކުރަމުން ދިއަ ވަގުކަލޭގެ - ފެނުނީ ގެއެއްގެ ވައިގޮޅީގަ މަރުވެ ކުނިވެފައި އޮއްވައެވެ!

އޭނާއަކީ މާފަންނު ވިޔަފާރިވެރިންގެ މިސްކިތުގައި ބަންގިގޮވަން ބޭނުންކުރާ މައިކް އާއި އެނޫންވެސް އޭނާއަށް ވިއްކާލެވިދާނެހެން ހީވާ ކޮންމެ އެއްޗެއް ވަގަށްނަގައިގެން ގެންގޮސް ވިއްކަމުންދިއަ ޒުވާނެވެ. 

އެއިރު މި މިސްކިތަށް އެފަދަ ތަކެތި ހަދިޔާކުރަނީ ހެޔޮއެދޭ ފަރާތްތަކުންނެވެ. މައިކެއް ވަގަށް ނެގިނަމަވެސް ގަނެވެނީ 2000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ. އެހެންކަމާއިއެކުވެސް ހެޔޮއެދޭފަރާތްތަކުން އައީ އެފަދަ ކަންކަން ކޮށްދެމުންނެވެ! 

ތިރީބުރީގައި ބަހައްޓާފައި ހުރި މުޞްޙަފްތައް މަތީގައި އޮށޯވެ ނިދާލުން ފަދަ ކަންކަން ކުރުމަކީ ޒުވާނާ އެއްވެސް ވަރަކަށް ޖެހިލުންވާ ކަމެއް ނޫނެވެ. ބިރުގަންނަ ކަންކަމެއްވެސް ނޫނެވެ. 

އޭނާގެ ނިމުން އައިގޮތް އެނގޭހެއްޔެވެ؟ ފެނުނީ ގެއެއްގެ ވައިގޮޅިތެރޭގައި މަރުވެ ކުނިވެފައިއޮއްވައެވެ. ބެލެވޭގޮތުން ވައިގޮޅިން ވެއްޓިފައި އެވަނީ އެގެއިން ވައްކަން ކުރަން އުޅުމުގެ ތެރޭގައެވެ. 

- މިއީ މިސްކިތު އަހުލުވެރިއަކު މިއަދު ކިޔައިދިން ވާހަކައެވެ. އޭނާ ބުނިގޮތުގައި މިއީ ހަމަ ދާދިފަހުގެ ވާހަކައެކެވެ. މީގެ 3،4 އަހަރު ކުރީގެ ވާހަކައެކެވެ.

މިއަދު އޮންލައިން