ޔޮޓު މެރީނާއާއެކު ހއ. އުލިގަމުގެ ސިޓީ ހޮޓާ ތަރައްގީކުރަން ބޭނުންވާ ފަރާތަކަށް ބިޑު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ބިޑު ޑޮކިއުމަންޓްތައް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ގަންނަން ލިބެން ހުންނާނެ ކަމަށާއި މި ބިޑު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ ނޮވެމްބަރު 5 ގެ ހެނދުނު 10:00 ގެ ކުރިން ކަމަށެވެ.
މި ބިޑާގުޅޭ މައުލޫމާތު ސެޝަނެއް މިމަހުގެ 22 ގައި މިނިސްޓްރީގައި އޮންނާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.