"ތާޒާ" ފެން އުފައްދައި ސަޕްލައިކުރާ އައި.ބީ.އެމްގެ ހޮޓްލައިން ސޯޅަ ނަވާރަ ރަސްމީކޮން ލޯންޗް ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
"ތާޒާ" ފެން އުފައްދައި ސަޕްލައިކުރާ އައި.ބީ.އެމްގެ ހޮޓްލައިން ސޯޅަ ނަވާރަ ރަސްމީކޮން ލޯންޗް ކޮށްފި

"ތާޒާ" ފެން އުފައްދައި ސަޕްލައިކުރާ އައި.ބީ.އެމްގެ ޝޯޓް ކޯޑް ހޮޓްލައިން ނަންބަރު ސޯޅަ ނަވާރަ (1619) ރަސްމީކޮން ލޯންޗް ކޮށްފިއެވެ.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް  ޕްރައިވެޓް ލިމިޓެޑް އައި.ބީ.އެމްއިން އިއްޔެ ލޯންޗް ކުރި ޝޯޓް ކޯޑް (1619) ނަންބަރަކީ އެ ކުންފުނީގެ ކަސްޓަމަރުން ތާޒާ ފެނަށް އޯޑަރ ކުރުމަށް ފަސޭހަކޮށްދިނުމަށް ތަޢާރަފް ކޮށްފައިވާ ނަންބަރެކެވެ. މި ނަންބަރު ރަސްމީކޮން ލޯންޗް ކޮށްފައިވަނީ އިއްޔެ ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އައި.ބީ.އެމް.ގެ ޗެއާރމަން އަދި އެމް.ޑަބްލިޔް.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުއެވެ.         

 ތާޒާގެ ސޯޅަ ނަވާރަ ޝޯޓްކޯޑް ތަޢާރަފު ކުރެވިގެން ދިއުމަކީ، ތާޒާ ފެން އޯޑަރ ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް އިތުރުފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމުގައި އެކުންފުނިން ކުންފުނިން ދެކެއެވެ.

މިއަދު އޮންލައިން