ތިއައީ ރާއްޖެ ވިއްކާލަން ހަދާ ވަރަށް ބޮޑު ދޮގެއް! އެއްވެސް ޤައުމަކަށް ރާއްޖެ ނުހިފޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ތިއައީ ރާއްޖެ ވިއްކާލަން ހަދާ ވަރަށް ބޮޑު ދޮގެއް! އެއްވެސް ޤައުމަކަށް ރާއްޖެ ނުހިފޭނެ!

ކިތަންމެ ބާރުގަދަ ޤައުމަކަށްވެސް ކިތަންމެ ބާރެއް ނެތް ޤައުމެއްވެސް މިޒަމާނަކު ނުހިފޭނެއެވެ. އެހެންނަމަ އިރާޤަށް ކުވައިތު ހިފައި ކުވައިތުގައި ތިބެވުނީހެވެ. އެމެރިކާއަށް އިރާޤް ހިފުނީއެއް ނޫނެވެ. އިރާޤުގައި ތިބި ޣައްދާރުން ވިއްކައިލީއެވެ. 

މިކަންކަމުން އެނގެނީ ކިތަންމެ ބާރުގަދަ ނަމަވެސް އެއްވެސް ޤައުމަކަށް އަނެއް ޤައުމު މިއަދު ނުހިފޭނެ ކަމެވެ. އަދި އަރައިގަތް ނަމަވެސް އެ ޤައުމު މިނިވަންކުރާނެކަމެވެ. ވީމާ ވަކި ޤައުމަކުން ބޭނުންވެއްޖެ ނަމަ ރާއްޖެ ހިފޭނެ ކަމަށް ބުނުމަކީ ރާއްޖޭގައި ތިބި ޣައްދާރުން ރާއްޖެ ވިއްކާލަން މަގުފަހިކުރަން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ހަދާ ވަރަށް ބޮޑު ދޮގެކެވެ. 

ދިވެހި ރައްޔިތުން މިއަދު ވަރަށް ހޭލުންތެރިއެވެ. ހަދަމުން ގެންދާ ދޮގުތަކާއި މަކަރުތައް ރަނގަޅަށް އެނގެއެވެ. ވަގުތު ޖެހުމުން ފިޔަވަޅު އަޅާނެއެވެ. އިން ޝާ ﷲ

މިއަދު އޮންލައިން