ތާޒާ ކާބޯތަކެތީގެ އެންމެ ގިނަ ބާވަތްތައް އެތެރެކޮށް އެންމެ ހެޔޮއަގުގައި ވިއްކަމުން ގެންދާ އުފަންވެލި ޝޮޕްތަކުން ފިޔާ (އިންޑިއާގެ ބޮމްބޭ ރެޑް އަނިއަން) އާއި ކުކުޅު ބިސް ވަރަށް އަގުހެޔޮކޮށްފިއެވެ.
ފިޔާ ކިލޯއެއް މިހާރު ވިއްކަނީ އެންމެ 12 ރުފިޔާއަށެވެ. ކުކުޅުބިހެއް ވިއްކަނީ 80/1 އަށެވެ.

ކާބޯތަކެތީގެ ބާވަތްތައް މިހާރުވެސް އެންމެ ހެޔޮއަގުގައި ވިއްކަމުން ގެންދާ އުފަންވެލި ފިހާރައިން ބުނީ މިނޫންވެސް ބައެއް ތަކެތި ވަރަށް އަވަހަށް މިހާރަށްވުރެވެސް އަގުހެޔޮކުރާނެ ކަމަށެވެ.