ﷲ އަށާއި ރަސޫލް ﷺ އަށް މަލާމާތާއި ފުރައްސާރަކޮށް އިސްލާމް ދީނަށް ގޮންޖަހައި ކީރިތި ޤުރްއާން ވެސް ޤަބޫލުނުކޮށް ބަޔާންތައް ނެރެހެދުމުގެ މައްސަލަތަކުގައި ރާއްޖެ ނުގެނެވިފައި ތިބިކަމަށް ފުލުހުން ބުނާ މީސްމީޙުންގެ ޚިޔާލު ޤައުމީ ކަންކަމަށް ހޯދާތީ ޢިލްމުވެރިން ކަންބޮޑުވުން ފައުޅުކުރައްވަމުން އެބަގެނަދަވައެވެ. މިއަދުނޫހަށް މައުލޫމާތު ދެއްވި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އެމީހުން ރާއްޖެ ނުގެނެވިފައިތިބިކަމަށް ސަރުކާރުން ބުނާ ބުނުން މިހާރު ޤަބޫލުފުޅު ކުރެއްވެން ނެތް ކަމަށެވެ.
އަދި އެމީހުން އެކަންކަން ކުރަނީ ސަރުކާރުން ހިތްވަރުދީ ސަރުކާރުގެ ތާއީދާއިއެކުގައި ނޫން ކަމަށް މިހާރު ވިދާޅުވެވެން ނެތް ކަމަށެވެ. " މާތް ނަބިއްޔާ صلى الله عليه وسلم އަށް ތައުހީނުކޮށް ރިޕޯޓް ލިޔުމަށްފަހު ތަހްޤީޤަށް ފިލައިގެން(ފިލުވައިގެން) އުޅޭ ޝާހިންދާއަށް އޮންލައިންކޮށް ރައްޔިތުން މަޖިލީހުގެ ފޯރަމްގައި ބައިވެރިވެ ވާހަކަ ދެއްކުމުގެ ފުރުޞަތު ދީފައި ވުމަކީ ހިންގި ބޮޑު ޖަރީމާއެކެވެ. ފްރާންސާ ތަފާތެއް އެބައޮތްތޯ؟" – ޝައިޚް ޝަފީޢު ޢަބްދުﷲ