އިންޑިއާ ކުންފުނިން އެޅި ދެވަނަ ފްލެޓް ތަކުގެވެސް ބިއްލޫރިތައް ދޮންވެ ބިމަށް ފައިބާތީ ސަރަހައްދުގެ މަގު ބަންދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އިންޑިއާ ކުންފުނިން އެޅި ދެވަނަ ފްލެޓް ތަކުގެވެސް ބިއްލޫރިތައް ދޮންވެ ބިމަށް ފައިބާތީ ސަރަހައްދުގެ މަގު ބަންދުކޮށްފި

އިންޑިއާ ކުންފުނިން މާލޭގައި އެޅި ދެވަނަ ފްލެޓްތްކުގެވެސް ބިއްލޫރިތައް ދޮންވެ ބިމަށް ފައިބާތީ ސަރަހައްދުގެ މަގު މިއަދު ހެނދުނު 11.30 ގައި އޮތީ ރަތްޓޭޕް ދަމައި ބަންދުކޮށްފައެވެ. ސަރަހައްދުގައި ޓްރެފިކް ފުލުހުންވެސް ޙަރަކާތްތެރިވަމުން ގެންދިއައެވެ.

މިފަހަރު ބިއްލޫރިތައް ދޮންވެގެން ބިމަށް ފޭބީ މަޖީދީމަގުގައި ކުރިން ޢަރަބިއްޔާ ސްކޫލް ހުރި ބިމުގައި އަޅާފައިވާ ފްލެޓްތަކެއްގައެވެ. މީގެ އިތުރުން އަމީނީ މަގުން ގައުކޮށީގައި އެޅި ފްލެޓްތަކުގެ ބިއްލޫރިތައްވެސް އަންނަނީ ދޮންވެ ބިމަށްފައިބަމުންނެވެ.

މިއަދު ބިއްލޫރި ފޭބި އިމާރާތުގައި ދިރިއުޅޭ މީހަކު ބުނީ އޭނާ ދިރިއުޅޭ ފްލެޓުގެ 3 ދޮރެއްގެ ބިއްލޫރިތައް ކުރިންވެސް ފައިބައިފައިވާ ކަމަށާއި އެޗްޑީސީއަށް ގުޅުމުން އަމިއްލައަށް ބިއްލޫރި ލައްވަން ބުނެފައިވާ ކަމަށެވެ.

އިންޑިއާ ކުންފުނިން އެޅި ފްލެޓްތަކުގެ ޙާލަތު މިގޮތަށް ހުރިއިރު އިންޑިއާ ސަރުޚާރުން އަޅާފައިވާ އައިޖީއެމްއެޗް، ހޮޓެލް ސްކޫލް އިމާރާތް ފަދަ ޢިމާރާތްތަކުން މިއަދާއި ހަމައަށްވެސް އެންމެ ކުޑަމިނުން ވާރޭ ހިޔާނުކުރެވޭކަން ފާހަގަކުރެވެއެވެ.

މިއިމާރާތްތަކުން ވާރޭ ހިޔާ ކުރުމުގެ މަސައްކަތަކީ 30 އަހަރުވީއިރުވެސް ނުނިމޭ މަސައްކަތަކަށްވާތީ އެމަސައްކަތަކަތް ކުރުމުގެ ނަމުގައި އިންޑިއާގެ "ކުންފުންޏެއް"ގެ ގިނަ އަދަދެއްގެ ބައަކު، އިމާރާތްތައް އެޅީންސުރެ ދަނީ ރާއްޖޭގައި ޙަރަކާތްތެރިވަމުންނެވެ.

މިއަދު އޮންލައިން