ކޮރޯނާ ވައިރަސް އާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާ އިންތަކަށް ގެންދަނީ ލުއިތައް ދެމުންނެވެ. އެގޮތުން މާލެ ސިޓީގައި ގެއިން ބޭރުގައި އުޅެވޭ ވަގުތު 5 ގަޑިއިރަށް މަދުކުރުމަށްފަހު ރޭގައިވަނީ 4 ގަޑިއިރަށް މަދުކޮށްފައެވެ.
އެޗްޕީއޭއިން ދެމުންގެންދާ ބޮޑެތި ލުއިތަކާއިއެކުގައިވެސް ބައެއް މިސްކިތްތަކަކުން މިފަދަ އެއްވެސް ބަދަލެއް ނުފެނެއެވެ. ރަވާތިބު ސުންނަތް ކޮށްލާނެ ވަގުތުކޮޅެއް ނުދެއެވެ. ބަންގިގޮވާއިރު މިސްކިތުގަައި ހުންނަ މީހާއަށް ވެސް ސުންނަތްކުރަންޖެހެނީ މެކްހަށް ޖަހައިގެންނެވެ. މިސްކިތުގައި ހުންނަ ގަޑިއަށް ބެލުމެއް ނެތި ޤަމަތްދެއެވެ.
ފަތިސް ނަމާދުގެ ޖަމާއަތަށްދާ މީހުން މަދެވެ. ނަމަވެސް އެ މަދު މީސްކޮޅު ޖަމާއަތަށްދަނީ ވަރަށް ހިތްހަމަޖެހިލައިގެން ނަމާދުކުރުމަށެވެ. ފަތިސް ނަމާދުގެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ކިޔެވުން ދިގުކޮށްލުމެވެ. ނަމަވެސް ބައެއް އިމާމުން އިސްލާމިކް މިނިސްޓްރީގެ ވަގުތަށް ފައްތަންކަމަށްބުނެ ކިޔަވަނީ އެންމެ ކުރު ސޫރަތެވެ.
ކޮރޯނާ ވައިރަސް ފެތުރެން ފެށުމުން އެޗްޕީއޭއިން އެޅި ރައްކައުތެރިކަމުގެ ފިޔަވަޅުތައް ލުއިކުރަމުން ގެންދާއިރު ޖަމާޢަތުގައި ނަމާދުކުރަން ލުއި ނުދޭ ސަބަބާއިމެދު ގިނަ ބައަކު ގެންދަނީ ސުވާލުއުފައްދަމުންނެވެ.