ފުލުހުންނަށް ހެދިގެން މަލޭގެ ގެސްޓްހައުސަކަށް ބަޔަކު ވަދެ މުވައްޒަފުން ކްލިޕް އަޅުވައި ބައެއް ތަކެތި ފޭރިގެންފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނި މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭ މަޖީދީމަގު، ފަރިވާ ސްޓޭ އަށް ތިން މީހަކު ވަދެ ޕޮލިސް އިންޓެލިޖެންސުން ކަމަށް ބުނެ އެ ތަނުގެ ތިން މުވައްޒަފުން ކްލިޕް އަޅުވައި ބަނުމަށްފަހު އެތަނުން ބައެއް ތަކެތި ފޭރިގެން ގޮސްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
އެހެން ނަމަވެސް މި މަައްސަލައިގައި ބަޔަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.