މިދިޔަ އޮކްޓޫބަރު މަހު 29 ވަނަ ދުވަހު ލ. ގަމުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ފަރުވާދެމުންދަނިކޮށް މިރޭ ނިޔާވެއްޖެއެވެ،
ލ.ގަމު ރުއްކުރި އަހްމަދު ފަހީމް ނިޔާވެފައިވަނީ ލ. ގަން ލިންކްރޯޑްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިއުމުގެ ތެރޭގައި މަޑުކޮށްފައި އޮތް ޕިކަޕެއްގެ ފަހަތުގައި ޖެހިގެން ހިނގި އެކްސިޑެންޓަށްފަހު އިތުރު ފަރުވާ މާލެއަށް ގެނެސް ފަރުވާ ދެމުންދަނިކޮށެވެ.
މީގެކުރިން ވެސް ފޮނަދޫ ލިންކް ރޯޑް ގައި ތާރު އެޅިފަހުން ހަމަ މިފަދަ ގޮތަކަށް އެކްސިޑެންޓުވެ ތިންމީހަކު ވަނީ ނިޔާވެފައެވެ.