އޮކްޓޯބަރ މަހު ރާއްޖެއަށް އެތެރެ ކުރެވުނު މުދަލުގެއަގު ދަށްވެއްޖެ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 57ސ
އޮކްޓޯބަރ މަހު ރާއްޖެއަށް އެތެރެ ކުރެވުނު މުދަލުގެއަގު ދަށްވެއްޖެ

ފާއިތުވި އޮކްޓޯބަރ މަހު ރާއްޖެއަށް އެތެރެ ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު51 އިންސައްތަ ވަނީ ދަށްވެފައެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ދިވެހިރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރ މީގެއިތުރުން، ފާއިތުވި އޮކްޓޯބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު 41 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު 295 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮކްޓޯބަރ މަހު މި ޢަދަދުވަނީ 174 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ އަދި ޗައިނާއެވެ. އޮމާން އިން 287 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 270 މިލިއަން އަދި ޗައިނާއިން 261 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. ވޭތުވެދިޔަ އޮކްޓޯބަރ މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތަކުގެ ލިސްޓް ތިރީގައި އެވަނީއެވެ.

މިއަދު އޮންލައިން