ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި، ބަންދު ދުވަހެއް ކަނޑައަޅައިގެން ކޮންމެ އަހަރަކު ފާހަގަ ކުރެވެމުންދާއިރު، މިއަދު އަޅުގަނޑުމެން މިވަނީ ހުޅަނގުގެ ލާދީނީ ޢަލްމާނީ (ސެކިއުލަރ) ފިކުރާއި ނުފޫޛުގެ ސަބަބުން، އަޅުގަނޑުމެން ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު (އައިޑެންޓިޓީ) ބޮޑު ބިރުވެރިކަމެއް އަދި ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައެވެ.
ޢަލްމާނީ ފިކުރުގެ މީހުން މަތީމަޤާމުތަކާއި ވަޒީފާތަކުގައި ތިބެ ދުވަހެއް ދުވަހަކަށް މިދަނީ އިސްލާމްދީނުގެ ޙުކުމްތަކާއި ކަންކަން ބަދަލުކޮށް މުލުން ލުހެލައި ހަދަމުންނެވެ.
މިކަމާއިމެދު މިއަދު އަޅުގަނޑުމެން ޣާފިލްވެ، ފަރުވާކުޑަކޮށް އިހުމާލުވެއްޖެ ނަމަ މިރާއްޖޭގައި އިސްލާމްދީނުގެ ވަސްވެސް ފޮހެވިގެން ދިޔުމަކީ ދުރުކަމެއް ނޫނެވެ.
މިހާރުގެ ސްޕެއިން (އަންދަލުސް) އަކީ މުސްލިމުން 800 އަހަރު ވެރިކަން ކުރި ތަނެއް ކަމާއި އަދި މިހާރުގެ މިޔަންމާގެ (ބަރުމާގެ) އަރާކާން ސްޓޭޓްއަކީ 300އަށް ވުރެ ގިނަ އަހަރު މުސްލިމުންގެ ވަކި ދައުލަތެއްގެ ގޮތުގައި އޮތް ތަނެއްކަން އިޙްސާސްވެސް ކޮށްލެވޭތޯއެވެ؟
اللهم أعز الإسلام والمسلمين وأذل الشرك والمشركين ودمر أعداء الدين وانصر عبادك الموحدين واجعل اللهم بلاد الإسلام آمنه مطمئنة يارب العالمين.
- ޝައިޚް އާދަމް ނިޝާން