ޗައިނާއިން ރާއްޖެ އަށް ދޫކޮށްފައިވާ ބައެއް ލޯނުތައް ފަސްކޮށްދީފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
ޗައިނާއިން ރާއްޖެ އަށް ދޫކޮށްފައިވާ ބައެއް ލޯނުތައް ފަސްކޮށްދީފި!

ޗައިނާއިން ރާއްޖެއަށް ދޫކޮަށްފައިވާ ބައެއް ލޯނުތައް މިހާރު ފަސްކޮށްދީފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިކަމާގުޅިގެން ރައޮފީހުން ބުނެފައިވަނީ ވޯލްޑް ބޭންކުންގެ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން، ޗައިނާ އިން ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށާއި މި ނިންމުމާއެކު ޗައިނާގެ އިތުރުން ޔޫރަޕުގެ ގައުމު ތަކުން ނަގާފައިވާ ލޯނުތައް ވެސް ހިމެނޭ ކަމަށެވެ.

ޗައިނާގެ ދަރަނިތައް ދެއްކުން 4 އަހަރަށް ފަސްކޮށްދޭނެ ކަމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސްވަނީ ވިދާޅުވެފައެވެ.

ޗައިނާއިން ރާއްޖެއަށް ދޫކޮަށްފައިވާ ބައެއް ލޯނުތައް ފަސްކޮށްދީފައިވާކަމަށް ސަރުކާރުން ބުނިނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ޗައިނާއިން ދަރަނިތައް ދައްކަން ލުއި ނުދިން ކަމަށެވެ.

ރައީސް ސޯލިހް ގެ ވެރިކަމަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީ ހަރުގޭގައި ހުންނަވައި އިއްޔެ ނަޝީދު ވިދާޅުވެފައިވަނީ ޗައިނާއިން ދަރަނިތައް ދައްކަން ލުއި ނުދިން ކަމަށާއި އަދި އެގޮތަށް އެކަންތައް ނުކުރުމަށް އެގައުމުގެ ރައީސް އަށާއި ސަރުކާރަށް ދަންނަވާފައިވާ ކަމަށެވެ.

މިއަދު އޮންލައިން