ދެން މަގުމަތި ފުރައި ފެންނާނީ އިޞްލާޙްކުރާނެ ތަނެއް ނެތިގެން އިޞްލާޙް ނުކުރެވި ތިބި ކުދިން ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދެން މަގުމަތި ފުރައި ފެންނާނީ އިޞްލާޙްކުރާނެ ތަނެއް ނެތިގެން އިޞްލާޙް ނުކުރެވި ތިބި ކުދިން ނޫންތޯ؟

ރާއްޖޭގައި ޑްރަގް ބޭނުންކުރާ މީހުންނަށް ފަރުވާދިނުން ލާޒިމުކޮށް ކޯޓުތަކުން ޙުކުމްކުރަމުން ގެންދާތާ އެތައް އަހަރެއް ފާއިތުވެގެންދިއައިރުވެސް މިފެންނަނީ ފަރުވާ ދޭނެ ތަނެއް ނެތިގެން ފަރުވާ ނުދެވި އެތައް ސަތޭކް ނުވަތަ ހާހަކަށްވުރެ ގިނަ ބަލި މީހުން މަގުމަތިވެފައި ތިބި ތަނެވެ. 

އިއްޔެއަކީ ކުޑަކުދިން އިޞްލާޙްކުރާނެ ތަނެއް އަޅަން ނިންމައި އެކަން އިއުލާނުކުރި ދުވަހެވެ. ސުވާލަކީ ކުޑަކުދިން އިޞްލާޙްކުރުމުގެ ނަމުގަ އުފެއްދި މުއައްސަސާއަށް ކުރެވޭނީ ކޮންކަމެއް؟ އެތަން ވުޖޫދުވާން ކިތައް އަހަރުނަގާނެހެއްޔެވެ؟ ޑްރަގް މީހުން އިޞްލާހްކުރާތަން އަޅަން މިނަގާހާ ދުވަސް ނުނަގާނެ ހެއްޔެވެ؟ ޑްރަގް ފަރުވާދޭން ޖެހޭ މީހުން ފަދައިން ދެން މަގުމަތި ފުރައިފެންނާނީ އެބުނާތަން ނެތިގެން އިޞްލާޙް ނުކުރެވިތިބި އެތައް ސަތޭކަކުދިން ނޫނެ ހެއްޔެވެ؟ 

1 ތަނެއް ނެތި ޤާނޫނަކަށް ޤަވާއިދަކަށް އަމަލުކުރަން ފަށާވާހަކަ ދައްކަނީ ކީއްކުރަންހެއްޔެވެ؟ 

2 އިޞްލާޙްކުރަންޖެހޭ ކުދިން ބަނޑޮހަސް ގެންގޮސް އެކަންކުރަންފެށީ ޤާނޫނެއް ޤަވާއިދެއް އޮވެގެން އަދި ރަސްމިއްޔާތެއް ބާއްވައިފައެއް ނޫނެވެ. ނަމަވެސް މަސައްކަތް ވަރަށް ކާމިޔާބެވެ. 

3 ބޭނުމީ އިޞްލާޙިއްޔާ ހެއްޔެވެ؟ ޤަުމީ މަންހަޖު އިޞްލާޙްކޮށް ތަރުބއްޔަތު ޔަޤީން މަންހަޖަށް ކުދިން ތަރުބިއްޔަތުކުރުން ހެއްޔެވެ؟ 

4 މިކަމުގެ ހެއްކަކަކަށް ދުވަތަ ދަލީލަކަށް މައުހަދުން ކިޔެވި ދަރިވަރުންގެ ކިބައިން ފެނުނު ކާމިޔާބީ ނުފުދެނީހެއްޔެވެ؟ އަޅެ ނިކަން ބުނެބަލާށެވެ! މައުހަދުން ކިޔެވި އެއްވެސް ދަރިވަރަކު ހަކުރުބޮއި، ޖިނާޢީކުށެއްކޮށްގެން ރެކޯޑް އެބަ އޮތް ހެއްޔެވެ؟

 

މިއަދު އޮންލައިން