ކާބޯތަކެތީގެ ތަފާތު ގިނަ ބާވަތްތައް ހެޔޮ އަގުގައި ހޯލްސޭލްކޮށް އަދި ރީޓޭލްކުރަމުން ގެންދާ އުފަންވެލި ޝޮޕްތަކުން ކުކުޅުގެ ބާވަތްތަކާއި އަންނާރު އަދި ކައްޓަލަ ވަރަށްބޮޑުތަނުން އަގުހެޔޮކޮށްފި އެވެ.
ބާޒާރުގައި ކުކުޅު ކިލޯއެއް 40 ރުފިޔާއަށް އަގުހުރިއިރު ޑްރަމްސްޓިކް (ކުކުޅުފައި) ކިލޯއެއް ވިއްކަނީ އެންމެ 34 ރުފިޔާއަށެވެ. (2.5 ކިލޯގެ ޕެކެޓެއް 85 ރުފިޔާ). އެހެންކަމުން ޑްރަމްސްޓިކް ގެ އަގު އެވަނީ ކުކުޅަށްވުރެވެސް ހެޔޮކޮށްފައެވެ.

ޗިކަން ވިންގްސް ކިލޯއެއް 37.10 އަށް ވިއްކާއިރު ބޯންލަސް ޗިކަން ކިލޯއެއް ވިއްކަނީ 63.60 އަށެވެ.
މިޞުރުގެ އަންނާރުކިލޯއެއް 40 ރުފިޔާއަށް ވިއްކާއިރު މިޞުރުގެ ކައްޓަލަ ކިލޯއެއް ވިއްކަނީ 30 ރުފިޔާއަށެވެ.

ހޯލްސޭލްކޮށް ގަންނަ ފަރާތްތަކަށް ޚާއްޞައަގުތަކެއްގައި ގެންދަނީ ވިއްކަމުންނެވެ.