ޑރ. އިބްރާހީމް ޢުމަރުމަނިކު- ފަޤީރުންނަށް ހޭދަކުރެއްވި ދީލަތި ބޭފުޅެއް! ހެޔޮ ދުޢާކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ޑރ. އިބްރާހީމް ޢުމަރުމަނިކު- ފަޤީރުންނަށް ހޭދަކުރެއްވި ދީލަތި ބޭފުޅެއް! ހެޔޮ ދުޢާކުރައްވާ!

ރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު ޑރ. ޢިބްރާހީމް ޢުމަރުމަނިކަކީ ފަޤީރުންގެ ބޭސްފަރުވާއަށާއި އެހެންކަންކަމުގައިވެސް ވަރަށް ދީލަތިކަމާއިއެކު ހޭދަކުރެއްވެވި ބޭފުޅެކެވެ. އެމަނިކުފާނު މިއަދުވަނީ ދުނިޔެ ދޫކުރައްވައި ﷲ ގެ ޙަޟްރަތަށްވަޑައިގެންފައެވެ. 

މިފަދަ ދީލަތި ބޭފުޅުން ދުނިޔެ ދޫކުރެއްވުމުން އޮތީ އެބޭކަލުންނަށް ހެޔޮދުޢާކުރުމެވެ. އަދި ދުނިޔޭގައި ތިއްބަވާއިރުވެސްމެއެވެ. 

ޑރ. އިބްރާހީމް މަނިކުގެ އަރިސް ބޭފުޅުން ފާހަގަކުރައްވަނީ އޭނާއަކީ ބަސްމަދު ރިވެތި އަޚްލާޤެއް ލިބިވަޑައިގެންހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ޑރ. އިބްރާހީމް މަނިކު ފާހަގަކުރެވިފައިވަނީ މަޝްހޫރުކަން ހޯއްދަވަން އެއްވެސް ވަރަކަށް މަސައްކަތް ނުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. 

މާތް ﷲ މަރްޙޫމްގެ ފުރާނަފުޅަށް ސުވަރުގެގޭގެ އެންމެ މަތިވެރި ނިޢްމަތް މިންވަރުކުރެއްވެވުން އެދި ދުޢާކުރަމުއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވެވުން އެދިވެސް ދުޢާކުރަމުއެވެ.

މިއަދު އޮންލައިން