ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކޯވިޑް ވެކްސިން ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކޯވިޑް ވެކްސިން ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސަނީ!

ދިވެހި ކޮންމެ ރައްޔިތަކަށް ވެސް، ހިލޭ ކޯވިޑް-19ގެ ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ  ހައްދުންމަތީގެ ދެ ރަށަކަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ގަމަށް ވަޑައިގަންނަވާ، އެ ރަށުގައި ކުރިއަށްގެންދިޔަ ތަރައްޤީގެ ތިން މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ތިން ޚިދުމަތް އިފްތިތާޙުކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، މިހާރު ކުރިމަތިވެފައިވާ އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވަމުން ރައީސް ވިދާޅުވީ  ސަރުކާރުގެ އަމާޒަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް، ހިލޭ ކޯވިޑް-19ގެ ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، ޞިއްޙީ ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަވަށްޓެރި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ލ.ގަމުގައި ކެންސަރަށް ފަރުވާދިނުމަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އަދި އެ ކަމާގުޅޭ ލިޔެކިޔުންތައް ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ބަދަލުކުރެވި، އެ ކަމާގުޅޭ މަޝްވަރާތައް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން