ކާރެއްގެ ތެރެއިން ގިނައަދަދެއްގެ މަސްތުވާތަކެތި އަތުލައި ދިހަ މީހަކު ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ކާރެއްގެ ތެރެއިން ގިނައަދަދެއްގެ މަސްތުވާތަކެތި އަތުލައި ދިހަ މީހަކު ހައްޔަރުކޮށްފި

މާލޭ ފަރީދީ މަގުގައިޕާކްކޮށްފައި އޮތް ކާރެއްގެ ތެރެއިން ގިނައަދަދެއްގެ މަސްތުވާތަކެތި އަތުލައި ދިހަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ޓްވީޓެއް ކުރައްވައި ވިދާޅުވީ، ފަރީދީމަގުގެ ބޮޑު ބައެއް ފުލުހުން ބަންދުކޮށްފައި ވަނީ ރާއްޖެ ސުމަގުލްކޮށްފައިވާ ކަމަށް ބެލެވޭ ޑްރަގުތަކެއް އެ ސަރަހައްދުގައި އޮތް ކާރަކުން ފެނިގެން ފޮރެންސިކް ތަހުލީލުތަކެއް ކުރުމަށް ކަމަށެވެ.

މިއޮޕަރޭޝަންގައި ޑްރަގު ނެޓްވޯކެއްގައި ހިމެނޭ 10 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

މިއަދު އޮންލައިން