ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ (އައި.ސީ.އައި.އޭ) ގެ މި އަހަރުގެ ބައްދަލުވުންފަށައިފިއެވެ.
މިއަދު ފެށި މި އަހަރުގެ މަހާސިންތާގައި މައިގަނޑު 5 ތީމް އަކަށް އަލިއަޅުވާލާފައިވެއެވެ. އެއީ:
1. ސޯޝަލް ސައިންސެސް، ހިއުމޭނިޓީ އެންޑް އެޑިއުކޭޝަން.
2. ޤުރުއާނިކް ސްޓަޑީޒް، ޝަރީޢާ އެންޑް ލޯ
3. ޓުއަރިޒްމް، އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ
4. މެނޭޖްމެންޓް، ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިން، ފައިނޭންސް އަދި ބޭންކިންގ
5. ކޯވިޑް 19 އާއި ގުޅޭ އެކިއެކި ޕޭޕަރ ތައް
އައި.ސީ.އައި.އޭ 2020 ގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް އޮނަރަބަލް ޑރ. ޙުސައިން ރަޝީދު ޙަސަން އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ މި މަހާސިންތާ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް މަހާސިންތާއެވެ. މި މަހާސިންތާގައި މި އަހަރު ޖުމްލަ 24 ދިރާސާ ކަރުދާސް ހުށަހަޅާއިރު އޭގެ ތެރޭގައި ބައިނަލްއަޤުވާމީ އެކި އެކި ޤައުމުތަކުގެ ބޭފުޅުން ހުށަހަޅުއްވާ 09 ކަރުދާހަކާއި ރާއްޖޭގެ ބޭފުޅުން ހުށަހަޅުއްވާ 15 ކަރުދާހެއް ހިމެނެއެވެ.
2016 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން
ކޮންމެ އަހަރަކު ބާއްވަމުންދާ މި މަހާސިންތާގައި މި އަހަރު ކަރުދާސް ހުށަހަޅާ ފަރާތްތަކާއިއެކު ޖުމްލަ 234 އަށް ވުރެއްގިނަ މީހުން ބައިވެރިވެއެވެ. އަދި ބައިވެރިންގެ ތެރޭގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުން އަދި އެހެނިހެން ޔުނިވަރސިޓީ/ކޮލެޖްތަކުގެ ދަރިވަރުން ހިމެނެއެވެ.