ދީނާއަށް ވަޒީފާއަށް ދާން އެއްދުވަހަކު ގެއިން ނުކުމެވުނީ ގަޑިޖެހެން ވަރަށް ކައިރިވެފައި ހުއްޓައެވެ. ޓެކްސީއެއް ނުލިބިގެން ހުއްޓައި އައި ކާރެއް މަޑުކޮށްލުމުން ދީނާ ކާރަށް އެރިއެވެ. އަދި އޮފީހަށް ވަރަށް އަވަހަށް ގެންގޮސްދިނުމަށް އެދުނެވެ. މުހިންމު މީޓިންގއެއް ވަރަށް އަވަހަށް އެބައޮތްކަމަށާއި ގަޑިއައް ނުދެވިއްޖެނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށްވެސް ބުންޏެވެ.
އޭނާ ވަރަށް ބާރަށް ކާރު ދުއްވިއެވެ. ނަމަވެސް ދަތުރުކުރީ ދީނާ ޢާންމުކޮށް ދަތުރުނުކުރާ މަގުތަކަކުންނެވެ. އެހެންކަމުން ދީނާ ސުވާލުކުރުމުން އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. ކާރު މަޑުކުރަން ބުނުމުން މަޑެއްވެސް ނުކުރިއެވެ. ބާރުސްޕީޑްގައި ކާރު ދުއްވީއެވެ. ލަނޑެއް ލިބުނީ ކަމަށް ހީކޮށް ދީނާ ވަރަށް ބިރުގަތެވެ.
ފުލުހުންނަށް ގުޅަން ބެލިއިރު ފޯނު އޮތީ ބެޓެރި ޗާޖުހުސްވެގެން ނިވިފައެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އޮތީ ކާރުން ފުނަމައިލުމެވެ. އެކަންކުރާނެ ހިތްވަރެއް ދީނާއަކަށް ނުލިބުނެވެ. ގޮތް ހުސްވެފައި އިންދާ ކާރު މަޑުކުރީ ދީނާގެ އޮފީސްކުރިމައްޗަށެވެ. މަޑުކުރުމާއިއެކު އޭނާއަށް ޝުކުރުވެސް އަދާނުކޮށް ކާރުން ފުންމާލައިގެން ދީނާ ދުވެފައިދިއައީއެވެ.
ދީނާ މެންދުރު އޮފީސް ނިންމާފައި ނުކުތްއިރު މާބޮނޑިއެއް ހިފައިގެން އޭނާ ދީނާގެ އިންތިޒާރުގައި ހުއްޓެވެ. މާބޮނޑިއާއިއެކު ކުޑަ ނޯޓެއް ދިނެވެ. "ކަލެއަށް ޖަވާބު ނުދެވުނީ އަހަރެންނަކީ މަންމަނަކަށްވާތީއެވެ. އަހަރެންނަށް ވާހަކައެއް ނުދެއްކެއެވެ. އަހަރެން ކޮންމެ ދުވަހަކުން ކެލޭ އޮފީހަށް ގެނެސް ގެންގޮސްދޭނަމެވެ."
ދީނާ އެކަން ޤަބޫލުކުރިއެވެ. ދުވަސްކޮޅަކުން ދެމީހުން ދެލޯބިވެރިންނަށް ބަދަލުވިއެވެ. މަންމަނަކަށްވީތީ މައިންބަފައިންގެ ނުރުހުމާއިއެކުގައިވެސް ދީނާ އޭނާ އާއި ކައިވެނިކުރިއެވެ. މިހާރު ކައިވެންޏަށް 5 އަހަރެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. ދީނާ ބުނަނީ އޭނާ ދިރިއުޅެނީ ވަރަށް އުފަލުގައި ކަމަށާއި ފިރިމީހާއަށް ވާހަކަ ނުދެއްކުނު ނަމަވެސް ފިރިމީހާގެ ހެޔޮކަންބޮޑުކަމުން އޭނާއަށް ވާހަކަ ނުދައްކާކަން އޭނާއަށް އިޙްޞާޞްވެސް ނުކުރެވޭކަމަށެވެ.