މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ހިދުމަތްދޭން ފަށައިފިއެވެ.
މިކަމާގުޅިގެން މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އާބިޓްރޭޝަނުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާބިޓްރޭޝަނުގެ ކަންކަމާއި ގުޅުން ހުރި ހިދުމަތްތައް ރަސްމީކޮށް ދޭން ފަށާފައިވާ ކަމަށެވެ.
އާބިޓްރޭޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ސެންޓަރުގެ ޚިދުމަތްދޭން ފަށާފައިވާއިރު، އެސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް، މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް މިހާރު މައްސަލަ ހުށަހެޅޭނެއެވެ. އަދި ވަރޗުއަލް ޚިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިންގ ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބެއެވެ.
2013 އަހަރު ފާސްކޮށްފައިވާ އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތް އަމަލީ ގޮތުން 2019 ވަނަ އަހަރުގެ އެޕްރީލް މަހު ފެށުމާއިއެކު ކޮށްފައިވާ ކަންކަމުގެ ތެރޭގައި ކަމުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފުތަރެއް އެކުލަވާލުމާއި، ބޭސް މެނޭޖްމަންޓް ޕޯޓަލެއް ޤާއިމްކުރުމާއި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ އާބިޓްރޭޝަން ރޫލްސް ޝާއިއުކުރުން ހިމެނެއެވެ.