ލޮނު ފެނުން މަސް ފިނިކުރާ ނިޒާމުން އިމްޕޯޓް ޑިއުޓީ މާފުކޮށްދޭން ސަރުކާއުން ނިންމައިފިއެވެ.
މިކަމާގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ރެފްރިޖިރޭޝަން ސީ ވޯޓާ ސިސްޓަމުން ޑިއުޓީ މާފުކުރަން ބޭނުންވާ ފަރާތްތަކުން "ޑިއުޓީ މާފް ކުރުމަށް އެދޭ ފޯމް" އާއި އިންވޮއިސް ހުށަހެޅުމުން ޑިއުޓީ މާފްކޮށްދޭނެ ކަމަށެވެ.
މި ސިސްޓަމުން ޑިއުޓީ ކަނޑާލުމުން މަސްވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްގީ ކުރަން އިތުރު ލުޔެއް ލިބިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވަ ނީ ބުނެފަވެ.