ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން އަހަރީ އިވެންޓެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 9ސ
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން އަހަރީ އިވެންޓެއް ބާއްވައިފި

ފާޓިލިޓީސަޕޯޓް ކޮމިއުނީޓީގެ ޚާއްސަ ސަޕޯޓް ގުރޫޕް ސެޝަން މިއަދު ބާއްވައިފިއެވެ. 

މި ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އެވެ. [ފާޓިލިިޓީސަޕޯޓްކޮމިއުނިޓީ(https://www.facebook.com/fertilitysupportcommunitymv)] އަކީ ދަރިމައިވުމަށް ދަތިތައް ހުންނަ މީހުންނަށް ސައްހަ މައުލޫމާތު ދީ ހޭލުންތެރިކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަގުސަދުތަކުގެ ތެރޭގައި ދަރިމައިވުމަށް ހުރަސްތައް ހުރި މީހުންނަށް އިތުރު ބޭސްފަރުވާ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ.

ކައިމޫ ހޮޓެލްގައި މިއަދު އޮތް ސަޕޯޓް ސެޝަންގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގެން ސަޕޯޓް ސެޝަންގެ ބައިވެރިން ދެއްކި ވާހަކަތައް އަޑުއެއްސެވެިއެވެ. ފަޒްނާ ވަނީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީއެއް އޮތުމުގެ މުހިއްމު ކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ބޭނުންވާ އެހީތެރިކަން އަދި އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. އަދި މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން އެމީހުންނަށް ދިމާވާ ކަންކަމުގައި އެހެން މީހުންގެ ސަޕޯޓް ބޭނުންވާ ބައެއް ކަމުގައި ފާހަަގަކުރެއްވިއެވެ.

މިއަދުގެ ސެޝަނުގައި ހީޓް ހެލްތް ސެންޓަރުގެ ސީއިީއޯ އައިޝަތު ޝިފާނާ ވަޖީހު ބައިވެރިވެ ވަޑައިގަތީ މޯޓިވޭޝަނަލް ސްޕީކަރއެއްގެ ގޮތުގައެވެ. ޝިފާނާގެ ވާހަކައިގައި ހަރަކާތްތެރިވެ އުޅުމާއި ދުޅަހެޔޮ ކާނާގެ މުހިއްމުކަމުގެ އިތުރުން އިތުރުން އަމިއްލަ ދިރިއުޅުމުން މިސާލު ދައްކަވާ ވާހަަކަ ދައްކާ ވާހަކަދައްކަވާ ބައިވެރިންނަށް ހިއްވަރު ދެއްވިއެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފައުންޑަރ އާޝާ ހުސެއިން ވިދާޅުވީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އެންޖީއޯ އެއްގެ ގޮތުގައި ރެޖިސްޓަރކޮށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދަވާނެކަމެވެ. "އެއް އަހަރު ތެރޭގައި ސަޕޯޓް ގުރޫޕްގެ ސެޝަންތަކެއް ކާމިޔާބު ކަމާއި އެކީ ބާއްވާފައި މިވަނީ. ފާޓިލިޓީ ސަޕޯޓް ގުރޫޕްގެ ފަރާތުން އިންފާރޓިލިޓީ ހުންނަ މީހުންނަށް ހިލޭ ކައުންސިލިންގ ހިދުމަތް ހިލޭ ފޯރުކޮށްދިނުމަށް މިވަނީ ހުޅުވާލައިފާ." އަދި ރާއްޖޭގައި ފާޓިލިޓީ ރައިޓްސް ހޯދާދިނުމަށް ޕޮލިސީ ލެވެލްގައި ކުރަން ހުރި މަސައްކަތްތައް މި ޖަމިއްޔާއިން ކުރާނެ ކަމުގައި އާޝާ ވިދާޅުވިއެވެ.

"މި ސެޝަންތަކަކީ ދަރިމައިވުމާއި ގުޅޭގޮތުން ޕްރޮފެޝަނަލްސް ގެ ފަރާތުން ސައްހަ ތެދު މައުލޫމާތު ލިބި އަދި ދަރިމައިވުމާއި ގުޅޭގޮތުން ހިއްސާކުރަން އުނދަގޫ ވާހަކަތައްވެސް ހިއްސާކުރުމަށް އިތުރު ހިތްވަރު ލިބިގެންދާނެ" ކަމުގައި އަޝާ ވިދާޅުވިއެވެ.

މި ސެޝަންގައި 21 ބައިވެރިންގެ އިތުުރުން އޮންލައިންކޮށް ޒޫމް މެދުވެރިކޮށް ބައެއް ފަރާތުން ބައިވެރިވެފައިވެއެވެ. އަދި ދަރިމައިވުމުގެ ކަންކަމާއި ގުޅޭގޮތުން މެންޓަލް ހެލްތް އެވެއާރނަސް ގެ ހާއްސަ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. 

 ވޭތުވެ ދިޔަ އަހަރުތެރޭގައި  ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިން ވަނީ ޖުމްލަ 6 ސެޝަނެއް ބާއްވާފައެވެ. އަދި ކުރިއަށް އޮތްތާނގައި އެންޖީއޯއަކަށް ވުމުން  އިތުރަށް ހޭލުންތެރި ޕްރޮގްރާމްތަކާއި މައުލޫމާތު ބައްދަލުވުން އަދި ސެޝަންތައް ބޭއްވުމަށް ހަމަޖައްސާފައެވެ.   

ފާޓިލިޓީ ސަޕޯޓު ގްރޫޕުން އަހަރީ ދުވަހާއި ގުޅިގެން ބޭއްވި މި ސެޝަންގެ ސްޕޮންސަރުންނަކީ ކައިމޫ ގްރޫޕް އަދި ހެލްތް އެންޑް ގްލޯ ފާމަސީ އެވެ. ޑިޖިޓަލް ޕާރޓްނާރ އަކީ އުރީދޫ އެވެ.

ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތަށް ގިނަ ބަޔަކު ބޭސް ކުރާއިރު ހާއްސަ ބޭސް ނުލިބޭ ކަމަށް ބައިވެރިން ފާހަގަކުރި އަދި އެއްބައި އައިދާގެ ބޭސް ވެސް އާސަންދައިން ކަވަރ ނުކުރުރާކަމަށް ބައިވެރިން ފާހަގަ ކޮށްލިއެވެ. އަދި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ދާންޖެހޭއިރު ވަޒީފާގައި ޗުއްޓީއެއް ލިބެން ވެސް އުނދަގޫވެފައި ޖޮބް ގެރެންޓީ ނޯންނަކަން ބައެއް ބައިވެރިން ފާހަގަކޮށްލިއެވެ. މީގެ އިތުރުން ކުޑަ އިރު ސްކޫލްތަކުގައި ޕީރިއަޑް ހެލްތު ކުރީބައިގައި ކިޔާދިނުން މުހިއްމުކަމަށް ބައިވެރިން ހިއްސާކޮށްލިއެވެ.

މިއަދު އޮންލައިން