ކޮންމެ 25 ވަނަ ކަސްޓަމަރަށް ހިލޭ މަސްދަޅު ކޭހެއް ލިބޭ ޕްރޮމޯޝަނެއް ހޮރައިޒަން ފިޝެރީޒް އިން ފަށައިފިއެވެ.
"ސީފުޑް ޕްލަސް ޕްރޮމޯ ވީކް" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން އެއް ހަފްތާގެ ނިޔަލަށް ކުރިޔަށްގެންދާއިރު މި ޕްރޮމޯޝަންގެ އެންމެ ފަހު ދުވަހަކީ މި ހަފްތާގެ ބުރާސްފަތި ދުވަހެވެ.
ހޮރައިޒަން ފިޝެރީޒްގެ "ސީފުޑް ޕްލަސް" ފިހާރައިގެ އިތުރުން ލާމު އަތޮޅުގައި ހުޅުވަފައިވާ އެކުންފުނީގެ އައުޓްލެޓްގައިވެސް މި ޕްރޮމޯޝަން ކުރިޔަށްދާނެއެވެ.
"ސީފުޑް ޕްލަސް" ފިހާރައަށް ވަޑައިގަންނަވާ ހުރިހާ ކަސްޓަމަރުންނަށްވެސް ސަޕްރައިޒް ގިފްޓްސް ވެސް ލިބެއެވެ.